މާޅޮސް މަޑުލު ދެކުނުބުރީގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އެއަތޮޅު ކިހާދޫއަށް ވަޑައިގަތުމުން ރައްޔިތުން އެކަމަނާއަށް މަރުހަބާ ދެންނެވީ، ހިނިތުންވުމުން ފުރިގެންވާ މޫނުތަކަކާއެކުއެވެ.
އެންމެ ގާތުން ކެމްޕެއިންގެ ދަށުން މެޑަމް މިއަދު ފެއްޓެވި ދަތުރުފުޅުގައި މިއަދު ތިންވަނަ އަދި އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ކިހާދޫއަށް ވަޑައިގެން އެރަށުގެ ޚާއްޞަ އެހީ އަށް ބޭނުންވާ ފަރާތްތަކާ ބައްދަލުކުރައްވާ ހުރި ދަތިތަކާ މެދު ވަނީ މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރުން އެރަށުގެ ޕީޕީއެމްގައި ހަރަކާތްތެރިވާ އިސް ބޭފުޅުންނާ ބައްދަލުކުރައްވާފައިވާއިރު މެޑަމްގެ މި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންގެ ހާލު ވަރަށް ގާތުން ވަނީ ބައްލަވާފައެވެ. އަދި ރައްޔިތުންނާ ބައްދަލުކުރައްވާ ރައްޔިތުންނަށް ހުރި ދަތިތަކާ އެކަންކަމަށް ގެނެވިދާނެ ހައްލުތަކާ މެދުވެސް މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން ރަށުގެ ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއްކޮށްދެއްވާ ދައުލަތަށް ޚިދުމަތް ކޮށްދެއްވި އިއްޒަތްތެރިންނާވެސް ބައްދަލު ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފެއްޓެވި "އެންމެ ގާތުން" ކެމްޕެއިނަކީ އަތޮޅުތަކުގައި ދިރިއުޅޭ ރާއްޖޭގެ ރައްޔިތުންނާ ވީހާވެސް ގާތުން ބައްދަލުކުރައްވާ، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވާ އެކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައިދެއްވުމުގެ މަގުސަދުގައި ކުރައްވާ ދަތުރުފުޅެކެވެ.
އާބާދީ ކުޑަޔަސް ކިހާދޫ ރައްޔިތުން މެޑަމްއަށް މަރުހަބާކީ ހިނިތުންވުމާއެކު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ