ތަޙުޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން މެމްބަރު އަރީފުގެ ޕާސްޕޯޓު ހިފަހައްޓައިފި

ފުލުހުން ތަޙުޤީޤުކުރަމުންދާ މައްސަލައަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފްގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.އަރީފްގެ ޕާސްޕޯޓު ހިފެހެއްޓުމަށް ނެރުނު ކޯޓު އަމުރުގައިވާގޮތުން އޭނާގެ ޕާސްޕޯޓް ހިފެހެއްޓީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަރަކާތްތެރިވި ސިފައިންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި ސިފައިންނާ މެދު މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ.އޭނާ ރާއްޖޭގައި މަޑުކުރަންޖެހޭ ސަބަބެއްކަމަށް އެއަމުރުގައި ވަނީ އަރީފަކީ އެމައްސަލާގައި ތުހުމަތު ކުރެވޭ މީހަކަށްވެފައި އޭނާގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް މައްސަލަ ފޮނުވުމުގެ ކުރިން ފުރައިގެން ފިލައިފިނަމަ ތަހުގީގަށް ހުރަސްއެޅިދާނެތީ ކަމަށެވެ.މީގެކުރިންވެސް އަރީފްގެ ޕާސްޕޯޓް ވަނީ ހިފެހައްޓާފައެވެ. އެފަހަރު ޕާސްޕޯޓު ހިފަހައްޓާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފަޅާލިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށެވެ. އެ މައްސަލާގައި އަރީފްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.މިއަދު ކުރެއްވި ޓްވީޓެއްގައި އަރީފް ވިދާޅުވީ ފުލުހުން ކުރަނީ ދޮގު ތުހުމަތެއް ކަމަށާއި އޭނާގެ ޕާސްޕޯޓާއި އައިޑީކާޑް ވެސް ކަމާބެހޭ ފަރާތްތަކުން ގެންދެވުން އެދޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ