ހޮނިހިރު ދުވަހު ހިޔާގެ ޓަވަރުތަކުން ކަރަންޓް ކެނޑިދާނެ: ސްޓެލްކޯ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް ކުރަމުންދާ އިމާރާތްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި، ގާއިމްކޮށްފައިވާ ވަގުތީ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމަށް ހިޔާގެ ޓަވަރުތަކުން ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ ވަގުތީ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރަނީ ދާއިމީ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މަސައްކަތް ނިމިފައިނުވާތީ ކަމަށެވެ. އެގޮތުން ހޮނިހުރު ދުވަހުގެ ހެނދުނު 10:00 އިން 12:00 އަށް ހިޔާ ޓަވަރު 1 އިން 8 އަށް ކަރަންޓް ކެނޑުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މެންދުރުފަހު 2:00 އިން 3:30 އަށް ޓަވަރު 9 އިން 16 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ