ސަރުކާރުގެ ހުރިހާ ދިމާލަކުން ފެންނަނީ ގާބިލުކަން ނެތް މަންޒަރު ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ސަރުކާރުގެ ހުރިހާ ދިމާލަކުންވެސް ފެންނަނީ ކަންކަމުގެ ވައްޓަފާޅިއެއް ނެތް، އަމުދުން ކަންކަން ރާވައި ހިންގުމުގެ ޤާބިލުކަމެއް ނެތްބަޔަކު "ދަސްކުރާ" ބޯޑުއަޅުވައިގެން އުޅޭ މަންޒަރު ކަމަށެވެ.
މިސްރާބު ސީދާ ނުކުރެވިއްޖެނަމަ މިކަމުގެ އެންމެ ބޮޑު ގެއްލުމާއި ކުރިމަތިލާން ޖެހޭނީ އާންމު ރައްޔިތުންނަށާއި އެ ރައްޔިތުންގެ ވިޔަފާރިތަކަށް ކަމަށް ޝާހިދު ވިދާޅުވި އެވެ.
"ކަރަންޓުން ފެށިގެން ގޮސް ދިރިއުޅުމުގެ ހުރިހާ ޒަރޫރީ ކަމެއް މިއަދު ހުރީ އިރު އިރުކޮޅާ ފިޔުޒުދާ ނިވިދިއްލޭ ބޮކި ފައްޗެއްގެ ސިފައިގައި،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު މިހެން ވިދާޅުވި އިރު މިދިޔަ އާދީއްތަ ދުވަހު މުޅި ސަރަހައްދުން ވަނީ ގިނަ ގަޑިއިރުތަކެއް ވަންދެން ކަރަންޓުގެ ހިދުމަތް މެދުކެނޑިފަ އެވެ. އެކަމުގެ ސަބަބުން ގިނަ ވިޔަފާރިތަކަށާއި ގިނަ ހިދުމަތްތަކަށް ބުރޫ އަރާފައިވެ އެވެ.
ސްޓެލްކޯ އިން ވަނީ އެފަދަ ކަމެއް ތަކުރާރުވިޔަ ނުދޭން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން އަރުވައިފަ އެވެ.
މާލެ ސަރަހައްދުން ކަރަންޓް ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެެއްގެ ގޮތުގައި ބަލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވާފަ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަން ފުލުހުން މިހާރު ވަނީ ފަށައިފަ އެވެ.
ސަރުކާރުގެ ހުރިހާ ދިމާލަކުން ފެންނަނީ ގާބިލުކަން ނެތް މަންޒަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ