އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގައި ކުރިއަށްދިޔަ މުބާރާތްތަކެއްގައި ވާދަކޮށް ގައުމީ ސްވިމިން ސްކޮޑުގައި ހިމެނޭ ދެ ފެތުންތެރިން ކަމަށްވާ މެރާލް އައިން ލަތީފް އާއި އައިޝަތު އުލްޔާ ޝާއިގު ޖުމްލަ އެކު ހަތަރު ގައުމީ ރެކޯޑެއް މުގުރާލައިފި އެވެ.
އެ ގޮތުން، ޑެވަން ކައުންޓީ ޗެމްޕިއަންޝިޕް އާއި ވެލްޝް ކެޕިޓަލް އޯޕަން މީޓުގައި ވާދަކޮށް މެރާލް ދެ ގައުމީ ރެކޯޑެއް ހެދިއިރު، އެސްޑަބްލިއުއޭ (ސްވިމިން ވެސްޓާން އޮސްޓްރޭލިއާ) ހެންކޮކް ޕްރޮސްޕެކްޓިން ސްޓޭޓް ޗެމްޕިއަންޝިޕްގައި ވާދަކޮށް އުލްޔާ ވެސް ވަނީ ދެ ގައުމީ ރެކޯޑެއް ހަދައިފަ އެވެ.
ރާއްޖޭގެ އަންހެނުންގެ ލޯންގްކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މެރާލް ހެދީ، ޑެވަން ކައުންޓީ ޗެމްޕިއަންޝިޕްސްގައި 02:45.93 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ އަމްނާ ތަޒްކިޔާ މިރުސާދު އެވެ. އެއީ، މިދިޔަ އަހަރު ސްރީ ލަންކާގައި ބޭއްވުނު އެ ގައުމުގެ ނެޝަނަލް އެންޑް ޖޫނިއާ ނެޝަނަލް ލޯންގް ކޯސް ސްވިމިން ޗެމްޕިއަންޝިޕްސް ގައި 02:49.55 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.
މެރާލް ވަނީ، ވެލްޝް ކެޕިޓަލް އޯޕަންމީޓުގައި ވާދަކޮށް، އަންހެނުންގެ ޝޯޓްކޯސް 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފަ އެވެ. އެއީ، 05:49.59 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ ޢީން އައްބާސް ޝަރީފް އެވެ. އެއީ، 2022 ވަނަ އަހަރު ބޭއްވުނު ތައިލަންޑް ޝޯޓްކޯސް ސްވިމިންގް ޗެމްޕިއަންޝިޕް ގައި 06:26.56 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.
މިދިޔަ އަހަރު ޕެރިސް އޮލިމްޕިކްސްގައި ވާދަކުރި އުލްޔާ އާ ކުރީ، އަންހެނުންގެ ލޯންގް ކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑާއި އަންހެނުންގެ ލޯންގް ކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑެވެ.
އެސްޑަބްލިއުއޭ (ސްވިމިން ވެސްޓާން އޮސްޓްރޭލިއާ) ހެންކޮކް ޕްރޮސްޕެކްޓިން ސްޓޭޓް ޗެމްޕިއަންޝިޕްގައި ވާދަކޮށް ޢުލްޔާ އަންހެނުންގެ ލޯންގް ކޯސް 50 މީޓަރު ފްރީސްޓައިލްގެ ގައުމީ ރެކޯޑް އާ ކުރީ، 00:28.64 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ ވެސް އުލްޔާ އެވެ. އެއީ، މިދިޔަ އަހަރު ބޭއްވުނު 11 ވަނަ އޭޝިއަން އޭޖްގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕްސް ގައި 00:29.29 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.
އަންހެނުންގެ ލޯންގްކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް، އެސްޑަބްލިއުއޭ (ސްވިމިން ވެސްޓާން އޮސްޓްރޭލިއާ) ހެންކޮކް ޕްރޮސްޕެކްޓިން ސްޓޭޓް ޗެމްޕިއަންޝިޕްގައި ވާދަކޮށް، އުލްޔާ އާ ކުރީ، 00:34.18 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ އައިޝަތު ސައުސަން އެވެ. އެއީ، 2023 ވަނަ އަހަރު ބޭވުނު 11 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގަ އެވެ. ސައުސަން، އެ ފަހަރު 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑު އާކޮށްފައިވަނީ 00:34.32 އިންނެވެ.
ގައުމީ ސްވިމިން ޓީމުގެ މެރާލް އާއި އުލްޔާ އަށް ގައުމީ ރެކޯޑްތަކެއް ގައުމީ ސްވިމިން ޓީމުގެ މެރާލް އާއި އުލްޔާ އަށް ގައުމީ ރެކޯޑްތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ