'ކިޔު ކީ ސާސް ބީ ކަބީ 2' ނެޓްފްލިކްސްއަށް
މީގެ އަހަރުތަކެއް ކުރިން ސްޓާ ޕްލަސްއިން ގެނެސްދިން މަގުބޫލު ޓެލެ ޑްރާމާ "ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ"ގެ ދެވަނަ ސީޒަން ނެޓްފްލިކްސްއިން ސްޓްރީމްކުރުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މި ސިލްސިލާގެ ދެވަނަ ސީޒަން ރަސްމީކޮށް ސްޓާ ޕްލަސްއިން ގެނެސްދޭނެކަން އިއުލާނުކޮށްފައިވީ ނަމަވެސް ޑިޖިޓަލް ޕްލެޓްފޯމަކުން މި ސީރީޒް ގެނެސްދޭނެ ނަމަ އެ ފުރުސަތު ލިބޭނީ ނެޓްފްލިކްސްއަށް ކަމަށް ބައެއް މީޑިއާތަކުން ވަނީ ބުނެފައެވެ. މި ސިލްސިލާ ގެނެސްދޭ ޕްރޮޑަކްޝަން ކުންފުނި ބާލާޖީ ޓެލެފިލްމްސްއާއި ނެޓްފްލިކްސްއާ ގުޅިގެން ކޮންޓެންޓްތަކެއް ގެނެސްދޭނެކަން ދާދި ފަހުން އިއުލާނުކުރުމާ އެކު ބާލާޖީގެ ހިންގުމުގައި އިސް ދައުރެއް އަދާކުރާ އެކްތާ ކަޕޫރުގެ ސީރީޒްތައް ނެޓްފްލިކްސް މެދުވެރިކޮށް ވެސް ފެނިދާނެކަމުގެ އުންމީދު އާވެއްޖެ ކަމަށް ވަރަށް ގިނަ ބެލުންތެރިން އަންނަނީ ބުނަމުންނެވެ. "ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ2"ގެ ސެޓުގައި ނަގާފައިވާ ބައެއް މަންޒަރުތައް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް ކުރިއަށް އޮތް ޖުލައި މަހުގެ ތިންވަނަ ދުވަހު ސްޓާ ޕްލަސްއިން މި ސިލްސިލާގެ ދެވަނަ ސީޒަން ޕްރީމިއާ ކުރާނެކަން އިއުލާނުކޮށްފައިވާއިރު މި ސީޒަންގެ ޝޫޓިން މިހާރު ވަނީ ފެށިފައެވެ. މި ސިލްސިލާގެ ފުރަތަމަ ސީޒަންއިން ފެނުނު ވަރަށް ގިނަ ތަރިން ދެވަނަ ސީޒަންއިން ފެންނާނެކަން ކަށަވަރުވެފައިވާއިރު ބައެއް ތަރިން ވަނީ ދެވަނަ ސީޒަންގެ ސެޓުގައި ނަގާފައިވާ ރީޔޫނިއަން ފޮޓޯތައް ވެސް ސޯޝަލްމީޑިއާގައި ޕޯސްޓުކޮށްފައެވެ. "ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ"ގެ ދެވަނަ ސީޒަންއިން ފުރަތަމަ ސީޒަންގެ މައިގަނޑު ރޯލް ކުޅުނު ބަތަލާ އަދި އިންޑިއާ ސަރުކާރުގެ މިނިސްޓަރު ސްމިތީ އިރާނީ ފެންނާނެއެވެ. އެ ސިލްސިލާގެ މުހިންމު ރޯލަކުން ފެނުނު ޝަކްތީ އާނަންދު ވެސް ފެންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ