މޫނު ނިވާކޮށްގެން ތިބި ބަޔަކު މިއަދު ފަތިހު، އެއާޕޯޓުން ބޭންކެއްގެ ފައިސާ ހުރި ސޫޓް ކޭހެއް ފޭރިގެންފިއެވެ.
ފުލުހުން ބުނީ، މި ހާދިސާގެ މައުލޫމާތު ލިބުނީ ފަތިހު 4:45 އެހާކަންހާއިރު ކަމަށެވެ.
ފުލުހުން ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ހުރި ސޫޓް ކޭހެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގެންފައިވާ ކަމަށެވެ.
އެކަމަކު، އެއީ ކިހާ އަދަދެއްގެ ފައިސާ ކަމެއް ނުވަތަ ކޮން ބޭންކެއް ކަމެއް ވެސް ފުލުހުން ނުބުނެއެވެ.
އެނގިފައިވާ ގޮތުގައި އެއީ ބީއެމްއެލްގެ ދެ މުވައްޒަފުން ހިފައިގެން ދިޔަ ފައިސާތަކެކެވެ.
އެއާޕޯޓުން ބޭންކްގެ ފައިސާ ހުރި ސޫޓް ކޭހެއް ފޭރިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ