ޑާކް ޗޮކްލެޓު ކެއުމަކީ މުސްކުޅިވާކަމަށް ދެއްކުން ލަސްވާ ސަބަބެއްކަމަށް ދިރާސާއަކުން ދައްކައިފިއެވެ. މިއީ ޑާކް ޗޮކްލެޓް ކާމީހުންނަށް އުފާވެރި ޚަބަރަކަށްވާނެއެވެ.
އާ ދިރާސާއަކުން ތަހުގީގުކޮށްފައިވަނީ ގިނައިން ޗޮކްލެޓްގައި ހިމެނޭ ތިއޮބްރޯމިން ކިޔާ ކޮމްޕައުންޑެކެވެ. މި ކޮމްޕައުންޑް ލޭގައި އެންމެ ގިނައިން ހުރި ބައިވެރިންގެ ބަޔޮލޮޖިކަލް އުމުރު ކުރިއަރަމުން ދިޔައީ މަޑުމަޑުން ކަމުގެ ނިޝާންތައް ދެއްކިއެވެ. މި ނަތީޖާތަކަކީ އިބްތިދާއީ ނަތީޖާތަކެއް ނަމަވެސް، ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި މިއީ އިތުރަށް ދިރާސާ ކުރަން ޖެހޭ ނަތީޖާތަކެކެވެ.
ތިއޮބްރޮމިން އަކީ ކޮކޯ އަދި ކޮފީގައި ވެސް ކުޑަ މިންވަރަކަށް ހުންނަ އެއްޗެކެވެ. މިއީ ކެފެއިން އާއި ކެމިކަލް ގޮތުން ވައްތަރު ނަމަވެސް އެހާ ފާހަގަކޮށްލެވޭ ސްޓިމިއުލަންޓް އަސަރެއް ނުކުރާ އެއްޗެކެވެ. އެޖިންގް ޖާނަލްގައި ޝާއިއުކޮށްފައިވާ އާ ދިރާސާއަކުން މީހުންގެ ލޭގައި މި ކޮމްޕައުންޑްގެ މިންވަރު ވަޒަންކޮށްފައިވެ އެވެ . ހޯދި ހޯދުންތަކުން އެމީހުންނަށް ދައްކާ ގޮތުގައި އެންމެ މަތީ މިންވަރު ހުންނަ މީހުންގެ ގައިގައި ބަޔޮލޮޖިކަލް މުސްކުޅިވުން މަޑުޖެހުމާ ގުޅުން ހުރި އެޕިޖެނެޓިކް މާކަރެއް ހުއްޓެވެ.
ހިތްއަވަސްވެ ނުލައްވާށެވެ! ފަރިއްކުޅުއްވުން އެހައިގިނަވެސް ނުކުރައްވާށެވެ. ފަރިއްކުޅުއްވަން އެންމެ ރަނގަޅު މިންގަނޑު އެނގިގެންދާނީ ދިރާސާތައް ނިމުމުންނެވެ. ވީމާ ބިއްދިވެރި ގޮތަކީ މިހާރުވެސް ފަރިއްކުޅުއްވާ ވަރަށް ފަރިއްކުޅުއްވަމުން ގެންދެވުމެވެ.
- މަޢުލޫމާތު: ޞިއްޙީ ޚަބަރު
ޑާކް ޗޮކްލެޓް ކާމީހުންނަށް އުފާވެރި ޚަބަރެއް!: މުސްކުޅިވާކަމަށް ދެއްކުން ލަސްވާކަމަށް ދިރާސާއަކުން ދައްކައިފި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ