ޑޭވިސް ކަޕް ޓެނިސް މުބާރާތުގެ ތަށި އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ އިން ދިފާއުކޮށްފި އެވެ.
އިޓަލީ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ މުބާރާތުގެ ފައިނަލުގައި އަލަށް ވާދަކުރި ނެދަލޭންޑްސް އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބު ކުރުމަށްފަހުގަ އެވެ.
ސްޕެއިންގެ މަލާގާގައި ކުރިއަށްދިޔަ މި މުބާރާތުގެ ފައިނަލުގެ ސިންގަލްސް ދެ މެޗުވެސް އިޓަލީ އިން ވަނީ ކާމިޔާބުކޮށްފަ އެވެ. އެގޮތުން ފުރަތަމަ މެޗުގައި ބޮޓިކް ވެންޑެ ޒެންޑްޝުލްޕް އާއި ދެކޮޅަށް ކުޅުނު މެޗު ހައެއް ހަތަރެއް އަދި ހައެއް ދޭއްގެ ނަތީޖާއަކުން ވަނީ ކާމިޔާބުކޮށްފަ އެވެ.
އަދި ދެވަނަ މެޗުގައި ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ މަގާމުގައި ހުރި ޔަނިކް ސިނާ ވަނީ ޓެލޮން އާއި ދެކޮޅަށް ކުޅުނު މެޗު ހަތެއް ހައެއް އަދި ހައެއް ދޭއްގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ.
މިއީ ފިރިހެން ޓެނިސް ޓީމު އިވެންޓުން އިޓަލީ އަށް ކާމިޔާބު ކުރެވުނު ތިންވަނަ މުބާރާތެވެ. އެއީ މިދިޔަ އަހަރުގެ މުބާރާތުގެ އިތުރުން 1976 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަމެވެ.
އޭޓީޕީ ފައިނަލްސް ގެ ޗެމްޕިއަންކަން ހޯދުމަށްފަހު އޭގެ ހަފްތާއެއް ފަހުން ސިނާ ވަނީ އިޓަލީ އަށް މި މުބާރާތް ކާމިޔާބުކޮށްދީ މި ސީޒަނުގައި ރަގަޅު ކާމިޔާބީއެއް ހޯދާފަ އެވެ.
ޖެހިޖެހިގެން ދެވަނަ ފަހަރަށް އިޓަލީ އިން ޑޭވިސް ކަޕް ކާމިޔާބުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ