ސްކޫލަށް ދިޔަ މަގުމަތީގައި ފަލަސްތީންގެ ދަރިވަރެއްގެ ގަޔަށް ބަޑި ޖަހައި ޝަހީދު ކޮށްލައިފި

މަތީ ތައުލީމަށް ކިޔަވަމުންދިޔަ ފަލަސްތީން ދަރިވަރެއްގެ ގަޔަށް ބަޑި ޖަހައި ޝަހީދުކޮށްލައިފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން, މުހައްމަދު އަލް ސާދީ ނަމަކަށް ކިޔާ 17 އަހަރުގެ އެ ދަރިވަރު ގަޔަށް ބަޑި ޖަހައި ޝަހީދުކޮށްލީ ޖެނިން ރެފިއުޖީ ކޭމްޕުން ސްކޫލަށް ދިޔަ މަގުމަތީގައި އިޒްރޭލުގެ ޔަހޫދީ ސިފައިން ހިންގި ރެއިޑެއްގަ އެވެ.
ފަލަސްތީންގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ އަލް ޖަޒީރާގައި ބުނެފައިވާ ގޮތުން, އިޒްރޭލުން ދިން ބަޑީގެ ހަމަލާ އަމާޒުވީ އެ ދަރިވަރުގެ ބަނޑަށެވެ. އަދި އެ ހަމަލާގައި ފަލަސްތީންގެ އިތުރު ހަތަރު މީހަކު ޒަހަމްކޮށްލި ކަމަށް ބުންޏެވެ.
އެ ހަމަލާއާ ގުޅިގެން އިޒްރޭލުން ބުނީ, އެ މީހުން ހައްޔަރުކުރަން ބޭނުންވާ ފަލަސްތީންގެ ނުވަ މީހަކު ހައްޔަރުކުރަން ހިންގި އޮޕަރޭޝަނެއްގައި ރައްދު ހަމަލާދީފައިވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ