ފެންނަ ނުފެންނަ ވޯޓު ނެގުމާމެދު ސަރުކާރުން ދެވަނަ ވިސްނުމަކަށް ދިޔުމަށް ނަޝީދު ގޮވާލައިފި ފެންނަ ނުފެންނަ ވޯޓު ނެގުމާމެދު ސަރުކާރުން ދެވަނަ ވިސްނުމަކަށް ދިޔުމަށް ނަޝީދު ގޮވާލައިފި

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުން މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓު (ރެފެރެންޑަމް) އާ ގުޅިގެން ސަރުކާރުން ދެވަނަ ވިސްނުމަކަށް ދިޔުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައިފި އެވެ.
ނަޝީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނުއަސާސީއަށް ގެންނަ އެއްވެސް އިސްލާހަކީ އަވަސްއަރުވާލައިގެން ކުރާ ކަމަކަށް ވުމުގެ ބަދަލުގައި، ހުރިހާ ފަރާތްތަކެއް ހިމެނޭހެން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެން ކުރިއަށްދާ ކަމަކަށް ވާންޖެހޭ ކަމަށެވެ.
"އެހެންކަމުން، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ބާއްވާ ފެންނަ ނުފެންނަ ވޯޓާ މެދު އަލުން ވިސްނުމަށް ދިވެހި ސަރުކާރަށް އަޅުގަނޑު އިލްތިމާސްކުރަން،" ނަޝީދު ވިދާޅުވި އެވެ.
ރާއްޖެއިން ތެލުގެ އެހީތެރިކަމަށް އިންޑިއާގައި އެދިފައިވާކަން އެނގޭކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެކަމަށް އެދޭއިރު ރާއްޖެއަކީ ޒިންމާދާރު ބައެއްކަން ވެސް ސާބިތުކޮށްދޭންޖެހޭ ކަމަށެވެ.
އެގޮތުން ސަރަހައްދީ ހަމަޖެހުމާއި ކުރިއެރުމަށްޓަކައި ރާއްޖޭގައި ޑިމޮކްރަސީ ވަރުގަދަކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ 1988 ގެ ބަގާވާތާއި، ސުނާމީ ކާރިސާ، ފެނުގެ ދަތިކަން އަދި ކޯވިޑް-19 ގެ ބަލިމަޑުކަން ފަދަ ނުރައްކާތެރި ދަނޑިވަޅުތަކުގައި އިންޑިއާއިން ވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައި ކަމަށެވެ.
އެޕްރީލް 4، ގައި ރެފެރެންޑަމް ވޯޓު ނަގާއިރު އެ ދުވަހު ލޯކަލް ކައުންސިލް އިންތިހާބު ވެސް ބާއްވަން އޮތީ ތާވަލުކޮށްފަ އެވެ. ކައުންސިލް އިންތިހާބާއި ރެފެރެންޑަމްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ ޖުމްލަ 294،937 މީހުންނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ