ރާއްޖޭގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި، ގްރޫޕް ބީގެ ސެމީގެ ޖާގަތައް އިންޑިއާ އާއި ބަންގްލަދޭޝްއިން ހޯދައިފިއެވެ.
މި ދެ ޓީމަށް ސެމީގެ ޖާގަ ކަށަވަރުވީ، ތިން ޓީމު ހިމެނޭ މި ގުރޫޕުގައި ދެން ހިމެނޭ ޕާކިސްތާން، ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުންވެސް ބަލިވުމާއި ގުޅިގެންނެވެ.
މުބާރާތުގައި ޕާކިސްތާނުން ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ބަލިވީ 0-2 އިންނެވެ. ދެވަނަ މެޗުގައި މިއަދު ހަވީރު އިންޑިއާ އަތުން ވަނީ 0-3 އިން ބަލިވެފައެވެ.
މި ނަތީޖާތަކާއެކު ޕާކިސްތާނަށް މުބާރާތް ވަނީ ނިމިފައެވެ.
އިންޑިއާއިން ހޯދި މޮޅާއެކު، އަދި ޕާކިސްތާނު ކޮޅަށް ތިން ގޯލު ޖެހުމާއެކު ގުރޫޕުގެ އެއްވަނައިގައި އޮތީ އިންޑިއާއެވެ. ދެވަނައިގައި ބަންގްލަދޭޝް އޮތްއިރު ފުލުގައި އޮތީ ޕާކިސްތާނެވެ.
އިންޑިއާ އަދި ބަންގްލަދޭޝްގެ އިތުރުން ގްރޫޕް އޭ އިން، ނޭޕާލުން ވަނީ ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ހަތަރު ޓީމު ހިމެނޭ ގުރޫޕެއްގައި ނޭޕާލް އޮތްއިރު، އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ބޫޓާން އަތުން 1-2 އިން އަދި ދެވަނަ މެޗުގައި ސްރީލަންކާ އަތުން 0-1 އިން ވަނީ މޮޅުވެފައެވެ.
ގްރޫޕް އޭގެ ސެމީގެ ފަހު ޖާގަތައް ކަށަވަރުވެގެންދާނީ ހުކުރު ދުވަހު ކުޅޭ އެ ގުރޫޕުގެ މެޗުތަކަށް ފަހުއެވެ.
ގްރޫޕް ބީގެ ސެމީގެ ޖާގަތައް އިންޑިއާ އަދި ބަންގްލަދޭޝްއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ