ރ. ހުޅުދުއްފާރާއި އއ. ހިމަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރްޑީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
މި ދެ މަޝްރޫޢުގައި ސޮއިކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދުއެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ފައިނޭންސް އެންޑް އެކައުންޓިންގ ޖެނެރަލް މެނޭޖަރ ޙަސަން ރިފާޢީ ބުޝްރީއެވެ.
މި މަޝްރޫޢުގެ ދަށުން ރ. ހުޅުދުއްފާރުގައި ކުރިއަށްދާނީ މަގު ހެދުމުގެ ދެވަނަ ފޭސްގެ މަސައްކަތެވެ. މީގެ އިތުރުން އއ. ހިމަންދޫގެ މަގުތައް ވެސް މި މަޝްރޫޢުގެ ދަށުން ޒަމާނީ ފެންވަރަށް ތަރައްޤީ ކުރާނެއެވެ.
މި ދެ ރަށުގެ މަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލާ ގޮތަށެވެ.
ހުޅުދުއްފާރާއި ހިމަންދޫގެ މަގުތައް ތަރައްގީކުރަން އާރްޑީސީއާ ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ