މިލާން (ޖެނުއަރީ 8) - އިޓާލިއަން ލީގުގައި ރޭ ރަށުންބޭރުގައި ޕާމާ އަތުން 2-0 އިން މޮޅުވެ، އިންޓަ މިލާން އިން ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
އިންޓަ، އެއް ވަނައިގައި އޮތީ 18 މެޗުން 42 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އޭސީ މިލާނަށް 17 މެޗުން 38 ޕޮއިންޓް ލިބިފައިވެ އެވެ. ތިން ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، ނަޕޯލީ އަށް ވަނީ 18 މެޗުން 38 ޕޮއިންޓް އެބައޮތެވެ. އަދި، ހަތަރެއްގައި އޮތް ޔުވެންޓަސް އަށް 19 މެޗުން ވަނީ 36 ޕޮއިންޓް ލިބިފަ އެވެ.
ޕާމާ ދަނޑުގައި ކުޅުނު މި މެޗުގައި އިންޓަ އިން ލީޑުނެގީ ފުރަތަމަ ހާފު ނިމެން ތިން މިނިޓަށް ވެފައިވަނިކޮށެވެ. އިންޓަ އަށް މި ލަނޑު ޖަހައިދިނީ، ފުލްބެކް، ފެޑެރީކޯ ޑި މާކޯ އެވެ. މި ލަނޑު ފުރަތަމަ ބަލައިނުގަންނަން ނިންމި ނަމަވެސް، ގޯލެއް ކަމަށް ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފަ އެވެ.
ޕާމާ އިން ލަނޑެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރި މި މެޗުގައި އިންޓަ އިން ވަނީ ރަނގަޅަށް ޑިފެންސްކޮށްފަ އެވެ.
އިންޓަ އިން މެޗުގެ ތިން ޕޮއިންޓް ޔަގީންކުރި ލަނޑު ޖެހީ މެޗުގެ އިތުރު ވަގުުތުގަ އެވެ. އެ ގޮތުން، އިތުރު ވަގުތުގެ އަށް ވަނަ މިނިޓްގައި މާކަސް ތުރާމް މި ލަނޑު ޖަަހަން ފުރުސަތު ތަނަވަސްކޮށްދިނީ، ނިކޯލޯ ބަރޭލާ އެވެ.
ލީގުގައި މިރޭ މިލާނުން ޖެނޯއާ ބަލިކޮށްފިނަަމަ، އިންޓަގެ ލީޑު އެއް ޕޮއިންޓަށް ކުޑަވާނެ އެވެ.
ޕާމާ ބަލިކޮށް އިންޓަ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް ޕާމާ ބަލިކޮށް އިންޓަ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ