މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަވިސްގެ (މެޓް) އޮފީހުގެ ރަސްމީ ބްރޭންޑް އައިޑެންޓިޓީ ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.
މިއީ އެ އިދާރާގެ ޚިދުމަތްތައް ޒަމާނީ ފެންވަރަކަށް ބަދަލުކޮށް، އާންމުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ތައާރަފުކުރި މި އާ ބްރޭންޑް އައިޑެންޓިޓީއަކީ، މޫސުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ އިތުރުން، ކާރިސާތަކުގެ ވަގުތުގައި ދެވޭ ކުރިއާލާ އިންޒާރު ނުވަތަ "އާލީ ވޯނިން" ސާވިސްގެ ގައުމީ މައި އިދާރާގެ ހައިސިއްޔަތުން މެޓް އޮފީހުގެ ދައުރު އިތުރަށް ވަރުގަދަކޮށް ދޭނެ ކަމެކެވެ.
މިއީ އެ އިދާރާގެ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއެކެވެ.
އަދި މިކަމަކީ ޗައިނާ އިންޓަނެޝަނަލް ޑިވެކޮޕްމަންޓް ކޯޕަރޭޝަން އެޖެންސީގެ އެހީގައި ޔޫއެންޑީޕީ އިން ހިންގާ "ތައްޔާރު" ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދެވުނު މަސައްކަތެކެވެ.
މެޓް އޮފީހުން ބުނީ އާ ބްރޭންޑް ފަރުމާކޮށްފައި ވަނީ އެ އިދާރާގެ މަސައްކަތްތަކާއި މަގްސަދުތައް ރަމްޒުކޮށްދޭ ގޮތަށް ކަމަށެވެ. މީގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭ މޫސުމީ މައުލޫމާތުތަކާއި އިންޒާރުތަކަކީ އިތުބާރު ހުރި، ސައްޚަ މައުލޫމާތުތަކެއްކަން ދެނެގަތުމަށް ފަސޭހަވެގެންދާ ނެއެވެ.
އާ ބްރޭންޑާއެކު، މެޓް އޮފީހުގެ ވެބްސައިޓާއި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ އިތުރުން، އާންމުންނަށް ދޫކުރާ ރަސްމީ ލިޔެކިޔުންތަކަށް ވެސް ބަދަލުތަކެއް އަންނާނެ ކަމަށް އެ އިދާރާއިން ބުންޏެވެ. މިއީ ރާއްޖޭގެ މޫސުމީ ޚިދުމަތް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ތަރައްގީ ކުރުމަށް ކުރެވޭ ދަތުރުގެ މުހިންމު މަންޒިލެކެވެ.
މެޓް އޮފީހުގެ އާ ބްރޭންޑް ލޯންޗްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ