އެމެރިކާއިން ސިއްރުން ޔޫކްރައިން އަށް ދިން ދުރުރާސްތާ މިސައިލް ފުރަތަމަ ފަހަރަށް ބޭނުން ކޮށްފި

ރަޝިއާ ދެކޮޅަށް ޔޫކްރައިން ވަރުގަދަ ކުރުމަށް އެމެރިިކާ އާއި ހުޅަނގުން ފޯރުކޮށްދެ ހަތިޔާރުގެ ތެރެއިން އާންމު ކޮށް އިއުލާން ކުރުމެއް ނެތި ސިއްރުން އެމެރިކާއިން ދިން ދުރުރާސްތާ މިސައިލް ރަޝިއާ އާ ދެކޮޅަށް ބޭނުން ކޮށްފިއެވެ.
300 ކިލޯމީޓަރުގެ ރާސްތާއެއް ލިބިގެންވާ އެމެރިކާގެ ބެެސްޓިކް މިސައިލް ޔޫކްރައިން އިން ފޮނުވާލީ 2014 ވަނަ އަހަރު ރަޝިއާއިން ހިފި ކްރިމިއާ ސަރަހަައްދަށާއި ބަޑްޔާންސްކް ސަރަހައްދަށެވެ. އެ ހަމަލާގެ ވާހަކަ އެމެރިކާއިން ސްޓޭޓް ޑިޕާޓުމަންޓުން ހާމަ ކުރި ނަމަވެސް ހަމަލާގައި ރަޝިއާ އަށް ލިބުނު ގެއްލުމެއް ހާމަ ކޮށްފައެއް ނުވެއެވެ.
ސްޓޭޓް ޑިޕާޓުމަންޓުން ބުނެފައި ވަނީ ދުރުރާސްތާ މިސައިލް ޔޫކްރައިން އަށް ދިން ކަން ކުރިން އިއުލާން ކޮށްފައި ނުވަނީ، ޔޫކްރައިންގެ ހަމަލާތަކުގެ މައުލޫމާތު ސިއްރު ކުރުމުގެ ބޭނުމުގައި ކަމަށެވެ. ނަމަވެސް މީގެ ކުރިން ދޭ މެދުރާސްތާ މިސައިލްގެ އިތުރުން ދުރުރާސްތާ މިސައިލް ޔޫކްރައިން އަށް ގެންގޮސްފައި ވާ ކަމަށާއި އެ ރާސްތާގެ އިތުރު މިސައިލް ވަރަށް އަވަހަށް ފޮނުވާނެ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.
ރަޝިއާ ބަލިކުރުމަށް އެމެރިކާއިން މި ފެށި އާ އޮޕަރޭޝަންގެ ދަށުން މިހާރު ވަނީ 44 ބިލިއަން ޑޮލަރުގެ އާ ޕެކޭޖެއް ދިނުމަށް އެމެރިކާގެ ކޮންގްރެސް އިން ފާސްކޮށް އެތަކެތި ޔޫކްރައިން އަށް ފޮނުވަން ތައްޔާރު ކޮށްފައެވެ.
މި ހަމަލާތަކާ ގުޅިގެން ރަޝިއާގެ އޮފިޝަލުން ބުނީ، މެދުރާސްތާ ވިޔަސް ދުރުރާސްތާ ވިޔަސް މާ ބޮޑު ބަދަލެއް ނާންނާނެ ކަމަށާއި ރަޝިއާ އާ ދެކޮޅަށް ހުޅަނގުން ކުރާ ހަނގުރާމަ ކާމިޔާބު ނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ