އިސްރާއީލްގައި އަލްޖަޒީރާ ޗެނެލް ދެއްކުން މަނާކޮށްފި

އިސްރާއީލްގައި ހުންނަ އަލްޖަޒީރާގެ އޮފީސް ބަންދު ކޮށް އަލްޖަޒީރާ ޗެނެލްވެސް އިސްރާއީލްގައި ދެއްކުން މަނާކުރަން ފާސްކޮށްފިއެވެ.
އަލްޖަޒިރާގެ އޮޕެރޭޝަންތައް އިސްރާއީލުގައި ހިންގުން ވަގުތީ ގޮތުން ބަންދުކުރަން ފާސްކޮށްފައިވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކެބިނެޓްގެ ހުރިހާ ވަޒީރުންގެ އިއްތިފާގުންނެވެ.
ނިރުބަވެރި އިސްރާއީލުގެ ކެބިނެޓުން އެކަން ފާސްކޮށްފައިވަނީ ޣައްޒާއާއި ދެކޮޅަށް އިސްރާއީލުން ކުރަމުން އަންނަ ހަނގުރާމައިގައި ޤައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބެލެވޭ ބޭރުގެ ބްރޯޑްކާސްޓަރުން ވަގުތީ ގޮތުން ބަންދު ކުރެވޭ ގޮތަށް އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުން ޤާނޫނެއް ފާސްކޮށްފައިވަނިކޮށެވެ.
ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޤަތުލުޢާންމު ފޮރުވުމަށް ނިރުބަވެރި އިސްރާއީލުން ދަނީ އެތައް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިސްރާއީލުން ދަނީ މީޑިއާތަކާއި ނޫސްވެރިންނަށް އަމާޒުކޮށް ހަމަލާ ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ