ޕީއެންއެފްގެ ޖަލްސާ ބާއްވަން ނިންމާފައިވާ ޣިއްޔާސުއްދީން ސްކޫލަށް ކަރަންޓް ދިނުމަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް ކުރީގެ މިނިސްޓަރު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މިރޭ ޣިޔާސުއްދީން ސްކޫލްގައި އެޖަލްސާ ބާއްވަން ހަމަޖައްސާފައި ވާއިރު، އެންމެ ފުރަތަމަ މި ޖަލްސާ ބާއްވަން ތާވަލު ކުރީ ވެސް އެ ތާރީހަށް އެ ސްކޫލްގައެވެ. ނަމަވެސް ދައުލަތުގެ އެކި އިދާރާތަކުން ލިބެން ޖެހޭ އެއްބާރުލުން ނުލިބޭ ކަމަށާއި ޕާޓީ އުފެއްދުމަށް ބާއްވަން ހަމަޖެހިފައިވާ ޖަލްސާ ބާއްވާނެ އާ ތާރީހެއް ފަހުން އިއުލާނު ކުރައްވާނެ ކަމަށް މަލީހު ވިދާޅުވިއެވެ.
މަލީހް ވިދާޅުވީ ޕީއެންއެފް ޖަލްސާ ހުއްޓުވަން ސަރުކާރުން ދަނީ މަރުފަލި ޖަހަމުން ކަމަށާއި ސަރުކާރުން އަންގައިގެން ސްޓެލްކޯ އެމްޑީ ޣިޔާސުއްދީން ސްކޯލް ހޯލަށް ކަރަންޓުނުދީ ހިފަހައްޓާފައިވާ ކަމަށެވެ. އަދި ރޭގަ ކަރަންޓު ދޭން އައި ކުއްޖާވެސް ހުއްޓުވި ކަމަށާއި ކަނު އަނދިރީގަވެސް މިރޭ ޕީއެންއެފް ޖަލްސާ ބާއްވާނެ ކަމަށް މަލީހް ވިދާޅުވިއެވެ.
ޕީއެންއެފް އުފެއްދުމުގެ ޖަލްސާ މިރޭ 9:15 ގައި ޣިޔާސުއްދީން ސްކޫލު ހޯލުގައި ބާއްވަން ނިންމާފައިވާއިރު އެ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް މަލީހް ވިދާޅުވިއެވެ. އެހެންނަމަވެސް އެ ޖަލްސާގައި ބައިވެރިވުމަށް ރައީސް ޔާމީނަށް ކަރެކްޝަންސްއިން ހުއްދަދެއްވާފައެއް ނުވެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މަނީ ލޯންޑަރިންނާއި ރިޝްވަތުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޔާމީން ގޭ ބަންދަށް ބަދަލުކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގައެވެ. އެ މަހުގެ 28 ވަނަ ދުވަހުގެރޭ ރަށު ބަންދަށް ޔާމީން ބަދަލުކުރިއެވެ. އެހެންވިޔަސް ވެސް ސިޔާސީ ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވުމުގެ ހުއްދަ ޔާމީނަށް ނުދެއެވެ.
ޣިޔާސުއްދީނަށް ކަރަންޓް ނުދޭން ސަރުކާރުން ދަނީ މަސައްކަތް ކުރަމުން، ކަނު އަނދިރީގައިވެސް ޖަލްސާ ބާއްވާނަން: މަލީހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ