ތޮއްޑޫ މަގު ހެދުމުގެ މަސައްކަތް ފަށައިފި

މިއީ 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު އާރުޑީސީއާ ހަވާލުކޮށްފައި އޮތް މަސައްކަތެވެ. 77 މިލިއަން ރުފިޔާއަށް އާރުޑީސީއާ މި މަސައްކަތް ހަވާލުކުރީ ތޮއްޑޫ މައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށެވެ.
އއ. ތޮއްޑޫ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
ތޮއްޑޫ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރެވެ.މިއީ 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު އާރުޑީސީއާ ހަވާލުކޮށްފައި އޮތް މަސައްކަތެވެ. 77 މިލިއަން ރުފިޔާއަށް އާރުޑީސީއާ މި މަސައްކަތް ހަވާލުކުރީ ތޮއްޑޫ މައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށެވެ. މި މަސައްކަތުގެ ތެރޭގައި މަގުތަކުގެ ފެން ހިންދާ ނިޒާމު ގާއިމު ކުރުމާއި މަގު ބައްތިތައް ހަރުކޮށް މަގުތައް ޒީނަތްތެރި ކުރުން ވެސް ހިމެނެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ