ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެ ޕާޓީ އިސްލާހުކުރުމަށްޓަކައި އެއްވެސް ކަމެއް ކޮށްފައިވާތަން ފެންނާކަށް ނެތް ކަމަށް އެ ޕާޓީގެ ޕާލަމެންޓް ގްރޫޕްގެ ނައިބު އަދި ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެވެ.
ސަންގުޓީވީ އިން ކުރިއަށް ގެންދާ "ޚަަބަރަށްފަހު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ ޕީޕީއެމްގެތެރޭގައި މައްސަލައެއް އޮތް ކަމުގައިވާނަމަ ގުޅޭ ފަރާތްތަކާ މަޝްވަރާ ކުރައްވަން ޖެހޭނެ ކަމަށެވެ.
"ޕާޓީގެ ކައުންސިލާއި ޕާލަމެންޓްރީ ގްރޫޕްގައި އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވަންޖެހޭނެ. އެހެންނަމަވެސް އެފަދަ ކަމެއް ރައީސް މައުމޫން ކުރައްވާފައެއް ނުވޭ،" ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ ރައީސް މައުމޫން ހަމައެކަނި ކުރައްވާ ކަންތަކަކީ މަޖިލީހުން ބިލެއް ފާސްކޮށްލަން އުޅޭ ވަގުތެއްގައި ނޫނިއްޔާ ރުހުންދޭން އުޅޭ ވަގުތެއްގައި ރައީސް ޔާމިން އާއި ދެކޮޅަށް ހިޔާލު ފާޅުކުރައްވަނީ ކަމަށެވެ.
ޕާޓީ އިސްލާހު ކުރުމަށް މަސައްކަތްތައް ފަށާފައިވާ ކަމަށް މީޑިއާތަކުން އެނގެން އޮތް ނަމަވެސް އަމަލީގޮތުން އެއިން އެއްވެސް ކަމެއް ފެނިފައި ނުވާ ކަމަށް ރިޔާޒު ވިދާޅުވެފައިވެއެވެ. އަދި ރައީސް މައުމޫންގެ ފަރާތުންވެސް އެފަދަ ނަތީޖާއެއް ފެނިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީޕީއެމް އިސްލާހުކުރެއްވުމަށް މައުމޫން އެއްވެސް ކަމެއް ކުރިކަން ފެންނާކަށް ނެތް - ރިޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ