އިޒްރާއިލުން
ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ހިންގި މިލިޓަރީ ރެއިޑެއްގައި ފަލަސްޠީނުގެ ދެ
ޒުވާނަކު ޝަހީދު ކޮށްލައިފިއެވެ.
އިޒްރާއިލްގެ ޔަހޫދީން
ގަދަކަމުން ވެރިގަނެފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ހިންގި މިލިޓަރީ
ރެއިޑެއްގައި ފަލަސްޠީނުގެ 17 އަހަރުގެ މަހްމޫދް މާޖިދު މުޙައްމަދް އަލް އަޔްދީ ޝަހީދު
ކޮށްލައިފައިވަނީ ފައްރާ ރެފިޔުޖީ ކޭމްޕްގައެވެ. ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ
އިން ބުނެފައިވަނީ މަހްމޫދް މަރާލައިފައިވަނީ އޭނާގެ ބޮލަށް ބަޑިޖަހައިގެންނެވެ.
މިއަދު ނިޔާވި 25 އަހަރުގެ
ހާރޫން އަބޫ އަރަމް ނިޔާވީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު
އިޒްރާއިލް ސިފައިން އޭނާ އަށް ބަޑިންދިން ހަމަލާތަކަށް ފަރުވާ ހޯދަމުން
ދަނިކޮށެވެ.
Advertisement
ހާރުންގެ ގަޔަށް
ބަޑިހައިފައިވަނީ ހިބްރޫންގައެވެ. ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އިން
ބުނެފައިވަނީ ހާރޫންގެ ގަޔަށް އެރުމުގެ ސަބަބުން އޭނާގެ ކަރުން ތިރި އެއްކޮށް
ޕެރެލައިޒްވެ، ލޭދައުރުކުރަ ހޮޅިތައް ބްލޮކްވެ، އެތެރެހަށީގެ ގިނަ ގުނަވަންތަކެއް
ފެއިލްވެ، ލަންގްސް ގައި އިންފެކްޝަން އުފެދި އެތައް ސިއްޙީ މައްސަލަ ތަކެއް
ދިމާވިއެވެ.
ހާރޫންގެ ކަރަށް ބަޑި
ޖެހުމުގެ ސަބަބުން ހާރޫން އަށް ދިމާވި ސިއްޚީ މައްސަލަ ތަކުގެ ސަބަބުން ދުނިޔެ
އޭނާ އަށްޓަކައި ކަރުނަ އޮހިރިއެވެ. ފާއިތުވި ދެއަހަރު އޭނާ ވަނީ އެތައް ވޭނެއް
ތަހައްމަލް ކޮށްފައެވެ.
ހާރޫންގެ ގަޔަށް
ބަޑިޖަހައި ވުމުގެ ކުރިން އިޒްރާއިލުގެ ސިފައިން ވަނީ އޭނާގެ އާއިލާ ދިރިއުޅެމުން
ދިޔަ ގެ ވަނީ ސުންނާފަތިކޮށްލައިފައެވެ.
އަންގާރަ ދުވަހު ނިޔާވި މި ދެ ޒުވާނުން ގެ މަރާއި
އެކު މިއަހަރު ނިޔާވި މީހުންގެ ޢަދަދު 50 އަށް އެރީއެވެ. އޭގެ ތެރޭގައި 11
ކުޑަކުދިން ވެސް ހިމެނެއެވެ.
ފަލަސްޠީނުގެ ދެ ޒުވާނަކު ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ