ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ: ސްޓެލްކޯ

ސްޓެލްކޯގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލޭގެ ހެންވޭރު ސަރަހައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެގޮތުން މިއަދު މެންދުރު 14:00 އިން 16:00 އަށް ހެންވޭރުގެ ޖަނަވަރީ ހިނގުމާއި، ޖަނަވަރީމަގު، ބުރުޒުމަގު، ލޮނުޒިޔާރަތްމަގުގެ އިތުރުން، އަމީނީމަގާއި، ރަތްވިލާ ހިނގުމުން ކަރަންޓު ކެނޑިދާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
މިއާއިއެކު ސްޓެލްކޯއިން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ