ވެރިކަމުގެ ނިޒާމް ބަދަލުނުކުރާނެ ކަމުގެ ޔަގީންކަމަށް އެދި އެމްއާރުއެމްގެ ހުށަހެޅުންތަކެއް އެމްޑީޕީއަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެވަނަ ދައުރަކަށް އެމްޑީޕީއާ އެކު ކޯލިޝަން ހަދަން އެމްއާރުއެމަށް ދީފައިވާ ދައުވަތާ ގުޅިގެން ބޭއްވި ދެ ވަނަ ބައްދަލުވުމުގައި ވެރިކަމުގެ ނިޒާމް ބަދަލުނުކުރާނެ ކަމުގެ ޔަގީންކަމާ އެކު ހުށަހެޅުންތަކެއް ހުށަހަޅައިފި އެވެ.
ކޯލިޝަން ހެދުމުގެ ފުރަތަމަ ބައްދަލުވުން އެމްއާރުއެމުން ބޭއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކުގަ އެވެ. ދެވަނަ ބައްދަލުވުން އެމްއާރުއެމްގެ އޮފީހުގައި ރޭ ބޭއްވީ، ރައީސް އޮފީހުގައި ބޭއްވެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ބައިވެރިވެވަޑައިގަތް ބައްދަލުވުމުގައި އިތުރަށް މަޝްވަރާ ކުރިއަށް ގެންދަން ނިންމުމުންނެވެ.
އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއީލް އާއި ޕާޓީގެ ލީޑަޝިޕް ބޭފުޅުން ބައިވެރިވެވަޑައިގަތް ބައްދަލުވުމުގައި އެމްއާރުއެމް އިން ހުށަހެޅީ ކޯލިޝަންގެ ހެދުމުގެ ކުރިން ސާފުކުރަން ބޭނުންވާ ކަންކަމެވެ.
އެމްއާރުއެމުން އެ ބައްދަލުވުމުގައި އިސްކޮށް އިންނެވީ އެ ޕާޓީގެ ރައީސް ފާރިސް މައުމޫނެވެ. އެ ޕާޓީން ވަނީ ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީއާ ވެސް މަޝްވަރާކުރަން ނިންމައިފަ އެވެ. އެ ޕާޓީން ވަކިން އިންތިހާބުގައި ވާދަކުރާނީތޯ ނުވަތަ ކޯލިޝަނަކަށް އެއްބަސްވާން ނިންމަން އޮތީ މި ބައްދަލުވުންތަކަށް ފަހު އެވެ.
● ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ކިތަންމެ ކުޑަނަމަވެސް އުނިކަމެއް ނާންނާނެކަން ކަށަވަރު ކުރުމަށްޓަކައި މައުލޫމާތު ދިނުން.
● ދިވެހި ރައްޔިތުންގެ މަސްލަހަތާއި އެމްއާރުއެމްގެ އުސޫލްތައް ނެގެހެއްޓޭ ގޮތަށް ސަރުކާރު ހިންގޭނެކަން ކަށަވަރު ކޮށްދިނުން.
● ކޯލިޝަން އެއްބަސްވުމަށް އިހްތިރާމްކޮށް އެއްބަސްވުމާއި އެއްގޮތަށް ދެފަރާތުން ވެސް އަމަލު ކުރާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ހޯދައި ދެވޭނެ ގޮތެއް ހޯދުން.
● ސަރުކާރުގެ ސިޔާސަތުތަކާއި ގައުމަށް ދިމާވެފައިހުރި ބޮޑެތި ގޮންޖެހުންތައް ރިފޯމް ކުރާނެ ގޮތްތައް.
● ދިވެހިރާއްޖޭގެ ވެރިކަން ކުރާ ނިޒާމަކީ ރިޔާސީ ނިޒާމުގެ ގޮތުގައި ދަމަހައްޓާނެ ކަމުގެ ޔަގީންކަން.
Raees aai MRM ge bahdhaluvun: gotheh nunimey, ithurah mashvaraa kuranee
The most trusted news source in the Maldives
Mihaaru
މި ސަރުކާރުގެ ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައި އޮތް، އެމްއާރުއެމުން އަންނަނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑުކިޔަމުންނެވެ. ކޯލިޝަން ދެމެހެއްޓުމާ މެދު ދެވަނަ ވިސްނުމަކަށް ދާން ޖެހުނީ އެއްބަސްވި ގޮތަށް ކަންކަން ކުރިއަށް ނުދާތީ ކަމަށް އެމްއާރުއެމުން ބުނެފައިވެ އެވެ.
މި ވެރިކަން އެކުލަވާލަން 2018 ގައި ހެދި އެއްބަސްވުމުގައި އެމްޑީޕީ އަށް ދޭން ނިންމާފައި ވަނީ ސަރުކާރުގެ 40 ޕަސެންޓެވެ. ސަރުކާރުގައި ޖުމްހޫރީ ޕާޓީ އަށް 25 ޕަސެންޓް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 20 ޕަސެންޓް އަދި އަދާލަތު ޕާޓީ އަށް 15 ޕަސެންޓް ދޭން ނިންމި އެވެ. އެކަމަކު މިގޮތަށް ކަންކަން ނުދާތީ، ކޯލިޝަންގައި ދެމިތިބި ނަމަވެސް ޕާޓިތަކުގެ ހިތްހަމަނުޖެހުން އޮތެވެ.
ދެވަނަ ދައުރަކަށް ކޯލިޝަން ހަދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ދައުވަތު ކޯލިޝަން ޕާޓީތަކުގެ ތެރެއިން ގަބޫލުކުރީ އަދާލަތުން އެކަންޏެވެ. ޖުމްހޫރީ ޕާޓީން ނިންމީ އިންތިހާބުގައި ވަކިން ވާދަކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ