ޓެކްފިން ކުންފުނީގެ ހިއްސާ އޯއެފްޓީއަށް ވިއްކަން އުރީދޫން ނިންމައިފި

އުރީދޫގެ ސަބްސިޑަރީ ކުންފުނި ޓެކްފިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާ އޯއެފްޓީ އިންޓަނޭޝަނަލްއަށް ވިއްކުމަށް އެ ކުންފުނީގެ ހިއްސާދާރުން ނިންމައިފިއެވެ.
ޓެކްފިން މޯލްޑިވްސްގެ ހިއްސާ ވިއްކާލަން އުރީދޫގެ ހިއްސާދާރުން ފާސްކުރީ މިދިޔަ އާދިއްތަ ދުވަހު ރޭ ބޭއްވި އެކްސްޓްރާ އޮޑިނަރީ ޖެނެރަލް މީޓިން (އޭޖީއެމް)ގައެވެ.
އުރީދޫން ބުނީ، އޯއެފްޓީއަކީ ވަސީލަތްތަކާއި ފައިނޭންޝަލް ޓެކޮނޮލިޖީގެ ގިނަ ތަޖުރިބާތަކެއް ހުރި ކުންފުންޏެއް ކަމަށެވެ. އެހެންވެ، މިއީ ޓެކްފިންގެ ޚިދުމަތްތައް ދިނުމަށް އެ ކުންފުނިން އުފެއްދި ސަބްސިޑަރީ ކުންފުނިތަކަށް ވެސް އެންމެ ފައިދާ ވާނެ ގޮތް ކަމަށް އުރީދޫން ވަނީ ބުނެފައެވެ.
ޓެކްފިން މޯލްޑިވްސްއަކީ އުރީދޫގެ އެމްފައިސާގެ ޚިދުމަތް ދިނުމަށް އުފެއްދި ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާއިރު، އެމް-ފައިސާ މެދުވެރިކޮށް ބިލްތަކާއި ޕެޓްރޯލް ޝެޑްގެ ޕޭމަންޓު ދެއްކުމާއި ގިނަ ފިހާރަ އަދި ކެފޭތަކުގައި ވެސް ފައިސާގެ މުއާމަލާތް ކުރެވޭނެއެވެ. އަދި، ބަނޑޭރިޕޭގެ ތެރޭގައި ވެސް އެ ޕްލެޓްފޯމް ވަނީ ހިމަނައިފައެވެ.
މިދިޔަ ސެޕްޓެމްބަރު 30ގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ވަނީ ޓެކްފިންއަށް ޕޭމަންޓް ސާވިސް ޕްރޮވައިޑާ (ޕީއެސްޕީ) ލައިސަންސް ރަސްމީކޮށް ދޫކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ