ޔުމްނު ވެއްޓުމާ ގުޅޭ ކޮމިޝަންގެ ރިޕޯޓް ދެ ހަފްތާ ތެރޭ ނިންމަނީ

މާލޭގެ ގެއެއްގެ މަތިން ފުރާޅެއްގެ މައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ ހާދިސާގެ މިނިވަން ތަހުގީގެއް ހިންގުމަށް ރައީސް މުހައްމަދު މުއިއްޒު އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަންގެ ރިޕޯޓް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ނިމޭނޭ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ. 
ވީ ކިހިނެއް؟ - އެ ކޮމިޝަނުން އެގޮތަށް ހާމަކޮށްފައި ވަނީ މިއަދު އެ ކޮމިޝަންގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގަ އެވެ.
ތަފްސީލް - އެ ޕޯސްޓްގައި ކޮމިޝަނުން ބުނެފައި ވަނީ: 
ކޮމިޝަނަށް ހަވާލުކޮށްފައިވާ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައި 
ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ކޮމިޝަންގެ ފައިނަލް ރިޕޯޓް ރައީސްއަށް އަރުވާނެ 
އެނގުން މުހިންމު - އެޕްރީލް 18ގައި ހިނގި އެ ހާދިސާއާ ގުޅިގެން ފުލުހުން ކުރަމުން އަންނަ ތަހުގީގާ މެދު އާންމުންގެ ކަންބޮޑުވުން އުފެދިފައިވަނިކޮށް، ރައީސް ރިޔާސީ ކޮމިޝަނެއް އުފެއްދެވީ އެޕްރީލް 27ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ