އަހުރެން ފަށާނީ ކުރުކުރު ވާހަކައަކުންނެވެ. އެމަންމަގެ 5 ދަރިން ތިބެއެވެ. މައިމިހާއާއިއެކު ގޭގައި 3 ދަރިން ތިބެއެވެ. ދެން ތިބި ދެދަރިން ދިރިއުޅެނީ ވަކިންނެވެ. ގޭގައި ތިބި ދަރިންވެސް މަންމައަށް ކަންކަން ކޮށްދެނީ ވަރަށް ރަނގަޅަށެވެ. ރޭގަނޑު ކައިނިމި އޮށޯންނަންވުމުން ކޮޓަރިއަށް ވައްދައި މަންމައަށް ބޭނުންވާހައި ކަމެއް ކޮށްދެއެވެ. ބޮނޑިތާންކޮށްދީ މަސާޖުވެސް ކޮށްދެއެވެ.
މިހުރިހާ ކަންކަން ކޮށްދީފައި އަންހެން ދަރިންނާއި ޅީދަރިން ގޮސް އެމީހުންގެ ފިރިންނާއިއެކު ނިދަން އޮށޯންނަތަނުން ކޮންމެވެސް ކަމަކު އެބަގުޅައެވެ. މަންމައަށް އިޙްތިރާމްކުރުމުގެ ގޮތުން ދަރިންނަށް ޖެހެނީ މަންމަގެގާތަށް ގޮސް މަންމަ ބުނާ ކަމެއް ކޮށްދޭށެވެ.
މިގޮތަށް އަބަދު ކަންތައް ކުރުމަކީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. ކިތަންމެ ރަނގަޅު ދަރިންވެސް ފޫހިވާން ފަށާނެއެވެ. މަންމައާއި ދުރުހެލިވާން ފަށާނެއެވެ. އަދި ލަހުން ނަމަވެސް ފަރުވާކުޑަކުރެވެންވެސް ފަށާނެއެވެ.
މިކަންކަމަށް މައިން ވަރަށް ބޮޑަށް ވިސްނަންވާނެއެވެ. ދަރިންނަށް އެމީހުންގެ ބައިވެރިޔާއާއިއެކު ގިނަ ވަޤުތު ހޭދަކުރަން ފުރުޞަތުދޭށެވެ. އެއިރުން ދަރިން މައިމީހާއަށްދޭ ސަމާލުކަން ބޮޑުވާނެއެވެ. މައިމީހާއަށް ޚިދުމަތްކުރާނީވެސް ޚިދުމަތްކުރާހިތުންނެވެ. އެއިރުން މައިމީހާއަށް ލިބޭ ހިތްހަމަޖެހުން މާބޮޑުވާނެއެވެ.
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން
ކައިވެނިކުރުމަށްފަހު ދަރިންގެ ލޯބި މައިމީހާއަށް އިތުރުވާނީ ދެމަފިރިން އެކުގަ ގިނަ ވަޤުތު ހޭދަކުރަން ފުރުޞަތުދޭވަރަކުން! މައިމީހާއަށް ލިބޭ އަޅައިލުމާ ލޯބި އިތުރުވާނީވެސް އެއިރުން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ