ވައިބާ މެދުވެރިކޮށް 150،000ރ. ފޭރިގެންފި

މީހެއްގެ ވައިބަ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެމީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަ ދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000ރ. އަށް ވުރެ ގިނަ ފައިސާ ފޭރުނު މީހަކު ހައްޔަރުުކޮށްފި އެޗެ.
މިި މައްސަލައާ ގުޅިގެން މި މަހުގެ 4 ގައި ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ ގ. މާލޭހިޔާ 1-16-03 /މާލެ، އަޙްމަދު ޙައްސާން، 33، އެވެ. އެ މައްސަލަ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރަށް ހުށަހެޅީ މިދިޔަ މަހުގެ 30 ގަ އެވެ
މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި އެކި ފަހަރު މަތިން މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ޖުމްލަ 150،300ރ. ހައްސާން ފޭރިގެންފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭގެ ތެރެއިން 75،000ރ. ފުލުހުން ވަނީ ހޯދައިފަ އެވެ.
ހައްސާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ