ސިވިލް ކޯޓުގެ އިސް ގާޒީ އަހުމަދު ނިމާލް ޖުނައިދު ކުއްލި ގޮތަކަށް ރޭ އަވަހާރަވެއްޖެ އެވެ.
ވީ ކިހިނެއް؟ - އޭނާގެ ގާތް މީހުން ބުނާ ގޮތުގައި، ގއ. މާމެންދުއަށް އުފަން، އުމުރުން 36 އަހަރުގެ ނިމާލް އަވަހާރަވީ، ރޭ ދަންވަރު ކުއްލިއަކަށް މެޔަށް އެރި ތަދެއްގަ އެވެ.
އަވަހާރަވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
ތަފްސީލް - ސިވިލް ކޯޓުގެ އިސް މަގާމަށް ނިމާލް އައްޔަން ކުރެއްވީ އެ ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ ފަނޑިޔާރުކަމުން ރިޓަޔާ ކުރައްވާތީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގަ އެވެ. އޭގެ ކުރިން، މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ނިމާލް ވަނީ އެ ކޯޓުގެ ގާޒީ ކަމުގެ މަގާމަށް އައްޔަންކޮށްފަ އެވެ.
ނިމާލްގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ނަމާދަށް ފަހު އެވެ.
ސިވިލް ކޯޓުގެ އިސް ގާޒީ ނިމާލް ކުއްލި ގޮތަކަށް އަވަހާރަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ