މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ ގޮތް އަލުން ހަދައިފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ކުރިއެކޭ އެއްގޮތަށް ދެމެހެއްޓުމަށް ނިންމައިފިއެވެ.މިފްކޯ އިން ބުނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބޮޑު ބަދަލާ އެކު އެސްޓީއޯ އިން ވިޔަފާރިތަކަށް ތެޔޮ ވިއްކާ އަގަށް ވެސް ބަދަލުތަކެއް ގެނައި ކަމަށެވެ. އެހެންވެ، މިފްކޯ އިން ވެސް މަސް ގަންނަ ސެންޓަރުތަކާއި ބޯޓުފަހަރުން ވިއްކާ ޑީސަލުގެ އަގަށް ވެސް ބަދަލު ގެނައިކަން އިއްޔެ އިއުލާނުކުރި އެވެ. އެކަމަކު އެސްޓީއޯގެ ނިންމުން މުރާޖައާކޮށް ނިންމާފައި ވަނީ ސަރުކާރުން މަސްވެރިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ "ފަހި ހަކަތަ" ޕްރޮގްރާމުގެ ދަށުން ސަބްސިޑީ ދީފައިވާ އަގުތަކުގައި ތެޔޮ ވިއްކާށެވެ.އެ ބަދަލާ ގުޅިގެން މިފްކޯ އިން ބުނީ އެ ކުންފުނިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ކުރިއެކޭ އެއްގޮތަށް ދަމަހައްޓާފައިވާ ކަމަށެެވެ.މި ބަދަލާ އެކު ތެޔޮ ވިއްކުމަށް މިފްކޯ އިން މި މަހުގެ 5 ވަނަ ދުވަހު އިއުލާނު ކުރި އަގުތައް ދެމިއޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.މިގޮތުން:މިފްކޯއަށް މަސްކިރާ އުޅަނދުފަހަރަށް 16.54ރ.އަށް ޑީސަލް ލީޓަރެއް ލިބޭނެ 3 ޓަނަށް ވުރެ އިތުރަށް ކިރާ ނަމަ، 16.04ރ.އަށް ޑީސަލް ލީޓަރެއް ލިބޭނެމިފްކޯއިން ޑީސަލް ގަންނަ އާންމު ފަރާތްތަކަށް ވިއްކާނީ ލީޓަރެއް 17.54ރ.އަށް ރަށްރަށަށް ލޯންޗު ފެރީ އާއި ދޯނި ފެރީގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ކުރިއެކޭ އެއް ރޭޓެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައި އެކަން އިއްޔެ އެސްޓީއޯ އިން ވަނީ އިއުލާނުކޮށްފަ އެވެ.މި ބަދަލުތައް ގެނައީ އެ އާންމުންނަށް މާލީ ގޮތުން ބުރައަކަށް ނުވާނެ ގޮތަށް ޕެޓްރޯލް އަދި ޑީސަލް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ