ބީއެމްއެލުން ވިލިމާލޭގައި އަޅާ އަގުހެޔޮ 300 ފްލެޓްގެ މަސައްކަތް ފަށައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިލިމާލޭގައި އަޅާ އަގުހެޔޮ 300 ފްލެޓްގެ އަމަލީ މަސައްކަތް ފެށުމަށް ބިންގާ އެޅުމުގެ ހަފުލާ މިރޭ ބާއްވައިފި އެވެ.
ވީ ކިހިނެއް؟ - ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ ހަވާލުކޮށްގެން ވިލިމާލޭގައި ތަރައްގީކުރާ 300 ހައުސިން ޔުނިޓުގެ ބިންގާ އަޅައިދެއްވީ:
ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތޮލިބު
ބީއެމްއެލް އާއި އާރުސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި
ރައީސް މުހައްމަދު މުއިއްޒު ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި
ތަފްސީލް - މި މަޝްރޫއުގެ ދަށުން:
17 ފަންގިފިލާގެ 3 ޓަވަރު ވިލިމާލޭގައި ތަރައްގީކުރާނެ
ބޮޑުމިނުގައި 900 އަކަފޫޓު ހިމެނޭ 3 ކޮޓަރީގެ އެޕާޓްމަންޓްތައް
ބީއެމްއެލް އިން ހުޅުމާލޭގައި އަޅާ އަގުހެޔޮ 1،224 ފްލެޓްގެ އަމަލީ މަސައްކަތް ވެސް މިދިޔަ ހޮނިހިރު ދުވަހު ވަނީ ފަށާފަ އެވެ.
ހުޅުމާލެ އަދި ވިލިމާލޭގައި އަޅާ ފްލެޓުތަކުގެ މަސައްކަތް 2028ގެ މެދުތެރެއަށް ނިމޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
އެނގުން މުހިންމު - އެފޯޑަބަލް ހައުސިން މަޝްރޫއަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކުންފުނި މެދުވެރިކޮށް ހުޅުމާލެ އާއި ވިލިމާލޭގައި ފްލެޓް އެޅުމަށް ހިންގާ މަޝްރޫއެކެވެ.
މިއީ ލީސް-ޓު-އޯން މޮޑެލް ނުވަތަ ކުއްޔަށް ހިފުމަށް ފަހު މިލްކުކުރެވޭ ގޮތަށް ހިންގާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން، ހުޅުމާލެ 1، ހުޅުމާލެ 2 އަދި ވިލިމާލޭގައި 3260 ޔުނިޓް ތަރައްގީކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ