ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ކެމްޕެއިން ނިންމަން ޚާއްސަ ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ.
ޕީއެންސީން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން، މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 15:45 ގައެވެ.
މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕީއެންސީގެ މައި ޖަގަހަ ކުރިމަތިންނެވެ.
މި ހިނގާލުމުގައި ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެއެވެ.
ކޮންގްރެސް ޕާޓީން ވަނީ މި ހިނގާލުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އެދިފައެވެ.
މި ހިނގާލުމަކީ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މުހިންމު އިންތިޚާބުތަކުގެ ކެންޕެއިން ނިންމާލުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ. މާދަމާ ނަގާ ތިން ވޯޓަކީ:
- ލޯކަލް ކައުންސިލް އިންތިޚާބު.
- އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު.
- ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓު.
ޕީއެންސީން ކެންޕެއިން ނިންމާލާ ”ރައްޔިތުންގެ ބޮޑު ހިނގާލުން“ މިއަދު ހަވީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ