ދިރާގުގެ "ކާށްޓެއް ބިނދެގެން ޗައިނާއަށް" ޕްރޮމޯޝަންގެ ނަސީބުވެރިޔާ އިއުލާންކޮށްފި

ދިރާގުން ރޯދަމަހު ކުރިއަށް ގެންދިޔަ "ކާށްޓެއް ބިނދެގެން ޗައިނާއަށް" ދެވޭ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް އިއުލާންކޮށްފި އެވެ.
މިއީ ރޯދަމަހު ކަސްޓަމަރުންނަށް ތަފާތު ތަޖުރިބާއަކާއެކު އަގުހުރި އިނާމުތައް ފޯރުކޮށްދިނުމަށް ކުރިއަށް ގެންދިޔަ ޑިޖިޓަލް އެންގޭޖްމެންޓް ޕްރޮމޯޝަނެކެވެ.
މި ޕްރޮމޯޝަންގައި ދިރާގު އެޕް މެދުވެރިކޮށް ކޮންމެ ދުވަހަކު ކާށްޓެެއް ބިނދެގެން ކަސްޓަމަރުންނަށް ދުވާލަކު 2 ޖީބީގެ ހިލޭ ޑޭޓާ ދީފައިވެ އެވެ.
މީގެ އިތުރުން، މުޅި ރޯދަ މަހުގެ ކޮންމެ ދުވަހަކު މި ހަރަކާތުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތުން ހޮވުނު ނަސީބުވެރިޔާއަށް ޗައިނާއަށް ދެ މީހުންގެ ޗުއްޓީ ދަތުރެއް ދީފައިވެ އެވެ.
ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައި އިއުލާނުކޮށްފައިވަނީ މި މަހުގެ 8 ވަނަ ދުވަހު ދިރާގުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ގެނެސްދިން ޕްރޮގްރާމެއްގަ އެވެ. މި ގުރުއަތުން ހޮވިފައިވަނީ މުހައްމަދު ޒީހާން އަބްދުﷲ އެވެ.
ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށްވެސް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގެ ބޮޑު އިނާމަށް ޝަރުތު ހަމަވުމަށްޓަކައި، ކޮންމެ ދުވަހަކު ކާށި ފަޅައި، ވިދިވިދިގެން 30 ދުވަހު މި ހަރަކާތުގައި ބައިވެރިވާން ޖެހެ އެވެ.
ދިރާގުން ބުނި ގޮތުގައ އެ ކުންފުނީގެ އަމާޒަކީ މަންފާކުރަނިވި ހިދުމަތްތައް މެދުވެރިކޮށް ދިވެހިންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށްދިނުމެވެ. މި ގޮތުން ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް، ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ލިބޭނެ ތަފާރު ހާއްސަ ޕްރޮމޯޝަންތައް އެ ކުންފުނިން ދަނީ ކުރިއަށް ގެންދަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ