ސައްހަ ނޫން ކަމަށް ބެލެވޭ އެގްރީމަންޓްތަކުގެ މައްސަލަ ފުލުހަށް ހުށަހަޅައިފިން: އާޒިމް ސައްހަ ނޫން ކަމަށް ބެލެވޭ އެގްރީމަންޓްތަކުގެ މައްސަލަ ފުލުހަށް ހުށަހަޅައިފިން: އާޒިމް

މާލެ ސިޓީ ކައުންސިލުން މާލެ އާއި ވިލިމާލެއިން ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކުގެ އެގްރީމަންޓްތަކުގެ ތެރޭގައި ސައްހަ ނޫން ކަމަށް ބެލެވޭ އެގްރީމަންޓްތަކުގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
އަދަދު ނޫހުން ގެނެސްދޭ އެތެރެފުށް ޕްރޮގްރާމުގައި އާޒިމް ވިދާޅުވީ ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކާ ގުޅޭ އެއްބަސްވުންތަކުގެ ތެރޭގައި ސައްހަ ނޫން ލިޔެކިޔުންތަކެއް ހުރިކަން ފާހަގަކުރެވޭތީ އެ އެއްބަސްވުންތައް ހާމަކުރުމުގެ ބަދަލުގައި ފޮނުވީ ފުލުހަށް ކަމަށެވެ.
"އެބަހުރި އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި ސައްހަ ނޫން ކަމަށް ހީވާކަހަލަ ޑޮކިއުމަންޓްސް. އެނގޭތޯ. އެހެންވީމަ އެއީ އުފައްދާފައި ހުރި އެއްޗެހިކަމަށް ފާހަގަކުރެވޭ އެއްޗެހިތަކެއް ހުރުމާއެކު އެކަހަލަ އެއްޗެހި ޔަގީން ނުވާ އެއްޗެހި ޕަބްލިކަށް ދޫކޮށްލުމަކީ އިތުރު މައްސަލަތަކެއް ނިކުމެދާނެ ކަމަށް ގަބޫލުކުރެވެނީ. އެހެންވީމަ އަޅުގަނޑަށް އެގޮތަށް ފާހަގަކުރެވުނު ހުރިހާ އެއްޗެއް ފުލުހަށް ފޮނުވާފައި." އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ހަތަރެއް ނުވަތަ ތިން އެގްރީމަންޓުގެ މައްސަލަ ފުލުހަށް ފޮނުވާފައިވާއިރު، އެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އޮޑިޓާ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވާފައިވާ ކަމަށެވެ.
"އަޅުގަނޑު ހަނދާންވަނީ ހަތަރު އެގްރީމަންޓެއް އަޅުގަނޑު ޕޮލިހަށް ފޮނުވާފައި މިހާރު ވާނީ. ހަތަރެއް ނުވަތަ ތިނެއް އަޅުގަނޑު ހަނދާންވަނީ. މިހާރު ފޮނުވާފައިވަނީ ޕޮލިހަށް. އެހެންވީމަ ޕޮލިހަށް ފޮނުވާފައި، އެންޓި ކޮރަޕްޝަނަށް ފޮނުވާފައި އަދި އޮޑިޓާ ޖެނެރަލް އޮފީހަށް ވެސް ފޮނުވާފައިވާނީ،" މޭޔާރު ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ހުރިހާ އެގްރީމަންޓެއް ވަކިވަކިން ބަލައި ހުރިހާ ލިޔެކިޔުމެއް ހަމަތޯ ބަލަމުންް ދަނިކޮށް މަސް މާރުކޭޓް (ވެޓް މާކެޓް) އެގްރީމަންޓުން ކަންތައްތަކެއް ފާހަގަކުރެވުމުން، ފުލުހަށް ފޮނުވި މައްސަލަތަކުގެ ތެރޭގައި އެ މައްސަލަ ހިމެނޭނެ ކަމަށެވެ.
މީގެއިތުރުން އެގްރީމަންޓްތަކުގެ މައްސަލަތައް ކަމާ ގުޅުންހުރި އިދާރާތަކަށް ފޮނުވައި އެދިފައިވާނީ އެ މައްސަލަތައް ތަހުގީގުކޮށް އެކަމާ ގުޅިގެން އަމަލުކުރަންވީ ގޮތުގެ ލަފާ ދިނުމަށް ކަމަށް އަޒިމް ވިދާޅުވި އެވެ.
"ވެޓް މާކެޓް އެގްރީމަންޓް. އޭތި ބަލާފައި އޭގައި ހުރި މައްސަލަތައް ފާހަގަކޮށްފައި މިހާރު އޭގައި މައްސަލަތަކެއް ފާހަގަކުރެވުނީމަ ފުލުހަށް ފޮނުވިފައި ހުންނާނީ އޮޓިޑް ރިޕޯޓް. މިއީ އާ ވާހަކައެއް ކަންނޭގޭ މިދެއްކެނީ. ފުލުހަށް ފޮނުވާފައި ހުންނާނީ،" މޭޔަރު އާޒިމް ވިދާޅުވި އެވެ.
"އެންޓި ކޮރަޕްޝަނަށް ފޮނުވިފައި ހުންނާނީ. އޮޑިޓާ ޖެނެރަލް އޮފީހަށް ފޮނުވާފައި ހުންނާނީ. އެއީ މިކަންތައް ބަލަން ޖެހޭ އިދާރީ ތަންތަނަށް ފޮނުވިފައި މިހާރު އެހެރީ. އެހެންވީމަ އެތަންތަނުން އަޅުގަނޑުމެންނަށް ޖެހޭނެ ލަފާދޭން ދެން އޭގައި އަމަލުކުރަންވީ ގޮތެއް އެއްގޮތަކީ."
މިދިޔަ އަހަރުގެ ނޮވެމްބަރު 20، ގައި މާލެ ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މާލެ އާއި ވިލިމާލެއިން ޖުމްލަ 157 ބިން ކައުންސިލުން ވަނީ ކުއްޔަށް ދީފަ އެވެ. އޭގެ ތެރެއިން 40 ޕަސަންޓް ބިން ކުއްޔަށް ދީފައިވަނީ މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ