ކުރިއަށް އޮތް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓަށް 26،000އަށް ވުރެ ގިނަ މީހުން ރީރަޖިސްޓްރީވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ. އަދި ބޭރު ގައުމެއްގައި ވޯޓު ފޮއްޓެއް ބަހައްޓާ އަދަދަށް ރަޖިސްޓްރީވެފައި ނުވާތީ މިފަހަރު އެއްވެސް ގައުމެއްގައި ވޯޓު ފޮއްޓެއް ނުބަހައްޓާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
ވީ ކިިހިނެއް؟ - އަންނަ 4 އޭޕްރީލްގައި ބާއްވާ މި އިންތިހާބުގައި ރީރަޖިސްޓްރީވާން ހުޅުވާލި ފަހު ފުރުސަތުގެ ސުންގަޑި ހަމަވީ އިއްޔެ މެންދުރު 3 އަކަށެވެ.
ތަފްސީލު - އީސީން މީގެ ކުރިން ބުނެފައިވާ ގޮތުން މި އިންތިހާބުގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ މެލޭޝިއާ އަދި ލަންކާގަ އެވެ. ނަމަވެސް އެ ދެ ގައުމުގައި ވެސް މިފަހަރު ވޯޓު ފޮށި ނުބެހެއްޓުމަށް ވަނީ ނިންމާފަ އެވެ.
އީސީގެ މެންބަރު އަދި ތަރުޖަމާނު ސަލާހު ރަޝީދު މިއަދު 'ދައުރު'އަށް ވިދާޅުވީ ސުންގަޑި ހަމަވިއިރު 26،454 މީހުން ރީރަޖިސްޓްރީވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި:
މިފަހަރު ބޭރު ގައުމެއްގައި ވޯޓު ފޮއްޓެއް ބެހެއްޓޭ ވަރަަށް ރީރަޖިސްޓްރީވެފައެއް ނުވޭ
އެެހެންވެ ބޭރު ގައުމެއްގައި މިފަހަރު ވޯޓު ފޮއްޓެް ނުބަހައްޓާނެ؛ އެގޮތަށް އީސީން މިހާރު ވަނީ ނިންމާފައި
އޭގެ އިތުރުން 21 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓޭ ވަރަށް ރީރަޖިސްޓްރީ ކުރި
ފާހަގަކޮށްލެވޭ ކަމެއް - މި އިންތިހާބުގައި 26،000އަށް ވުރެ ގިނަ މީހުން ރީރަޖިސްޓްރީވިއިރު، އެންމެ ފަހުން މިދިޔަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ރީރަޖިސްޓްރީވެފައިވަނީ 13،000އެއްހާ މީހުންނެވެ. މިފަހަރުގެ އިންތިހާބުގައި ވެސް ރީރަޖިސްޓްރޭޝަނަށް ހުޅުވާލީ، މަޖިލިސް އިންތިހާބުގައި އެ މީހަކު ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލާ ނަމަ އެވެ.
ބޭރު ގައުމެއްގައި އެއްވެސް ފޮއްޓެއް ނުބަހައްޓާނެ؛ ރީރަޖިސްޓްރީވީ 26،000 މީހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ