ދަރިމައިވުމުގެ ހިދުމަތްދޭ ނެޝަނަލް ފާޓިލިޓީ ސެންޓަރުން މިހާތަނަށް އައިވީއެފް ހެދި 23 އަންހެނަކު ބަލިވެ އިނދެފައިވާ ކަމަށް އެތަނުން ބުނެފި އެވެ.
ވީ ކިހިނެއް؟ - ފާޓިލިޓީ ސެންޓަރުން ހޯދި ފަރުވާއިން އިތުރު ކުއްޖަކު އުފަންވުމާ ގުޅިގެން އެކަން ފާހަގަ ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެތަނުން ދިން ބައެއް ހިދުމަތްތަކުގެ ތަފާސްހިސާބުތައް އާއްމުކޮށްފަ އެވެ.
ތަފްސީލް - މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެތަނުން:
578 ދެމަފިރިއަކު ޑޮކްޓަރަށް ދެއްކި
އައިވީއެފް ހެދުމަށް ހޮވި 96 މީހެއްގެ ތެރެއިން 86 މީހުން ވަނީ ބިސް ނެގުމުގެ މަރުހަލާ ފުރިހަމަކޮށްފައި؛ 68 އަންހެނުންގެ ރަހިމަށް އެމްބްރިއޯ ބަދަލުކުރި
އޭގެ ތެރެއިން 23 މީހަކު ވަނީ މާބަނޑުވެފައި
ދަރުމަވަންތަ ހޮސްޕިޓަލުގައި ހުންނަ ފާޓިލިޓީ ސެންޓަރުގައި އައިވީއެފް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކުއްޖަކު އުފަންވީ މިދިޔަ މަހު ކުރީކޮޅު އެވެ. އޭގެ ފަހުން ވެސް އިތުރު ކުއްޖަކު ވަނީ އުފަންވެފަ އެވެ. އެ ކުއްޖާގެ އުމުރުން މިހާރު 23 ދުވަހެވެ.
ނެޝަނަލް ފާޓިލިޓީ ސެންޓަރުގެ އިތުރުން ޓްރީޓޮޕް ހޮސްޕިޓަލުން ވެސް މީގެ ތިން އަހަރު ކުރިން ފެށިގެން އަންނަނީ އައިވީއެފްގެ ހިދުމަތް ދެމުންނެވެ. މިދިޔަ އަހަރުގެ ނިޔަލަށް އެ ތަނުން ވެސް 23 ކުއްޖަކު ވަނީ އުފަންވެފަ އެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން ހުޅުވި ނެޝަނަލް ފާޓިލިޓީ ސެންޓަރުގެ ކާމިޔާބީތައް ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒުގެ ދެކަނބަލުންނެވެ.
އެ ރަސްމިއްޔާތުގައި އިއުލާން ކުރި ގޮތުގައި، ރާއްޖޭގެ ހުރިހާ ރީޖަނަލް ހޮސްޕިޓަލެއްގައި އައިވީއެފްގެ ހިދުމަތް ދިނުމަށް މިހާރު އަންނަނީ ރާވަމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ ހިދުމަތް އިތުރަށް ފުޅާކުރާނެ ކަމަށް ވެސް ބުންޏެވެ.
ފާޓިލިޓީ ސެންޓަރުން އައިވީއެފް ހެދި 23 މީހަކު ބަލިވެ އިނދެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ