އެކި ސަބަބުތަށް ދިމާވެގެން ނުފުރުނު 164 ޢުމްރާވެރިން މިރޭ ޢުމްރާއަށް ފުރޭ ގޮތަށް ވަނީ ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މި ރޯދައާ ދިމާކޮށް އުމްރާގެ އަޅުކަމަށް ފުރަން ތައްޔާރުވި ބައެއް މީހުންނަށް ފުރޭ ގޮތް ނުވި އެވެ. އަލްއަބްރާރު ހައްޖު އެންޑް އުމްރާ ގުރޫޕުގެ ހަވާލުގައި ރަމަޟާން މަހު އުމްރާއަށް ދިއުމަށް ފައިސާ ދައްކާފައިވާ ބައެއްގެ ދަތުރު ކެންސަލު ކުރިއެވެ. އެކަން ކުރީ އިޒްރާލާއި އެމެރިކާއިން މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައާ ގުޅުވަ އެވެ. ނަމަވެސް ކެންސަލުކުރީ މަގުބޫލު ސަބަބެއް ނެތި ގަވާއިދާ ހިލާފަށް އިސްލާމިކް މިނިސްޓްރީން ވަނީ ކަނޑައަޅާފަ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ވިދާޅުވީ އުމްރާއަށް ފުރުމުގައި އެކި ސަބަބުތަށް ދިމާވެގެން ނުފުރުނު 164 ޢުމްރާވެރިން މިރޭ އުމްރާއަށް ފުރޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ވަނީ މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރ ކޮށްފައި ކަމަށް ވިދާޅުވި އެވެ.
އަދި މައްކާގެ އިންތިޒާމްތައް ވެސް ވަނީ ހަމަޖެހިފައި ކަމުގައި ވިދާޅުވި އެވެ.
"މި ފުރުޞަތުގައި ހައްޖު ކޯޕަރޭޝަނަށާއި މޯލްޑިވިއަންނަށް ޝުކުރު ދަންނަވަން. އަދި ރައީސް ޑރ މުޙައްމަދު މުޢިއްޒު މިކަން ހައްލު ކުރެއްވުމަށް ދެއްވި އަހައްމިއްޔަތަށްޓަކައި ރައީސަ އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން," އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ.
ފްލައިޓެއް ޗާޓަރު ކޮށްފި، ނުފުރި ތިބި އެންމެން މިރޭ ޢުމްރާއަށް ފުރާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ