ކޮންމެ އަހަރަކުވެސް އުރީދޫ މޯލްޑިވްސް އިން ބާއްވަމުން އަންނަ "ފަން ރަން" އަންނަ އަހަރު ފުވައްމުލަކު ސިޓީގައި ބާއްވަން ނިންމައިފި އެވެ.
އުރީދޫ އިން މިކަން އިއުލާނުކޮށްފައި ވަނީ ހުޅުމާލޭގައި އޮތް ފަން ރަން 2024 ގެ ތެރެއިން އެވެ. އުރީދޫ އިން ބުނީ ކުރިއަށް އޮތް ފަން ރަން ފުވައްމުލަކުގެ ރީތި ހިތްގައިމު މާހައުލުގައި ބާއްވަން ނިންމައިފައިވާކަމަށެވެ. އަދި ރަޖިސްޓްރީގެ ތަފްސީލާއި އަޕްޑޭޓް ހޯދުމަށް އުރީދޫގެ ސޯޝަލް މީޑިއާ ޗެނަލްތަކަށް ސަމާލުކަން ދިނުމަށް ބައިވެރިންނަށް ބާރު އަޅާފައިވެއެވެ.
އިއްޔެ ހުޅުމާލެގައި އޮތް ފަން ރަން 2024 އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް، އަލްއުސްތާޒް ޙުސައިން މުޙައްމަދު ލަޠީފްއެވެ. މި ފަން ރަންގައި 6500 ބައިވެރިން ބައިވެރިވެފައިވާކަމަށް އުރީދޫ އިން ބުނެފައިވެއެވެ. އެ ހަރަކާތުގައި ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ މި ހަރަކާތުގައި މުޖުތަމައުގެ ފަރާތުން ބޮޑު ބައިވެރިވުމަކާއި ހިތްވަރެއް ފެނުނުކަމަށެވެ.
އުރީދޫ ފަން ރަން 2024 އަކީ އުރީދޫ އިން އިންތިޒާމުކޮށްގެން ބޭއްވި މިފަދަ 6 ވަނަ ދުވުމެވެ.
އަންނަ އަހަރު އުރީދޫ ފަން ރަން ފުވައްމުލަކު ސިޓީގައި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ