މިއަދު ރާއްޖެއަށް ކުރަމުންދާ ގަދަ ވިއްސާރައިގައި ވައިގަދަވުމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށާއި އެހެނިހެން އެއާޕޯޓްތަކަށް ގިނަ އަދަދެއްގެ ފްލައިޓްތައް ނުޖެއްސި، މަޑުކުރަންޖެހިއްޖެއެވެ.
އެވިއޭޓާސް މޯލްޑިވްސްއިން ދިން މަޢުލޫމާތުގައިވާ ގޮތުން، ވިލާ އެއަރގެ ފްލައިޓް ނަންބަރު VP604 މާމިގިއްޔަށް ފުރުމަށްފަހު، މޫސުން ގޯސްވުމާ ގުޅިގެން އެއް ގަޑިއިރަށްވުރެ ގިނަ ވަގުތު އެ ސަރަޙައްދުގައި މަޑުކުރަން ޖެހުނެވެ. އަދި އެއަށްފަހު އެ ބޯޓުވަނީ އަނބުރާ މާލެއަށް އައިސްފައެވެ.
ފްލައިމީގެ ފްލައިޓަށް ނުޖެއްސި އަނބުރާ ދިޔުން (ފޮޓޯ/އޭވިއޭޓާސް މޯލްޑިވްސް)
މި ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމުގެ ކުރިން އެއް ފަހަރު ގޯރައުންޑް ވެސް ކޮށްފައިވާ ކަމަށް އެ ފަރާތުން ބުނެފައިވެއެވެ.
މީގެ އިތުރުން މޫސުން ގޯސްވުމާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ސަރަޙައްދުގައި ގިނަ އަދަދެއްގެ މަތިންދާބޯޓުތައް ވަނީ ހޯލްޑިންގ ޕެޓަންގައި ބަހައްޓާފައެވެ.
ފްލައިޓްތައް ނުޖެއްސި މަތީގައި މަޑުކޮށްގެން (ފޮޓޯ/އޭވިއޭޓާސް މޯލްޑިވްސް)
އެންމެ ފަހުގެ މެޓާ (METAR) ރިޕޯޓުތަކުން ދައްކާ ގޮތުގައި ވައިގެ ބާރުމިން ގަޑިއަކު 35 ނޮޓަށް އަރާފައިވާއިރު، ވިޒިބިލިޓީ ވަނީ 2000 މީޓަރަށް ދަށްވެފައެވެ. އަދި ބޯޓު ތަކަށް ޖައްސަން ދަތިވެފައިވަނީ އޭގެ ސަބަބުންނެވެ.
ވިލާ އެއަރގެ ފްލައިޓް VP604 އަނބުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ވަގުތު، އެއީ ފްލައިޓްރާޑާ 24 ގައި ދުނިޔޭގެ އެންމެ ގިނައިން ޓްރެކް ކުރެވުނު ހަތަރުވަނަ ފްލައިޓް ކަމުގައި ވަނީ ރިޕޯޓު ކުރެވިފައެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މި ދުވަސްކޮޅު މޫސުން ގޯސްވެފައިވާއިރު މާލެ ހިމެނޭ މެދުރާއްޖެ ތެރެއަށް މިއަދު ހެނދުނުން ފެށިގެން އޮތީ ޔެލޯ އެލާޓް ނެރެފަ އެވެ.
ގަދަވަޔާއި ވިއްސާރައިގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައިޓްތައް ނުޖެއްސިފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ