ކަރަންޓް ބިލަށް އަރާ އަދަދު ވަގުތުން ބެލޭނެ ގޮތް ހަދަނީ

ކޮންމެ ދުވަހަކު ކަރަންޓު ބޭނުންކުރާ މިންވަރު އެނގޭނެ ސްމާޓު މީޓަރު މަޝްރޫއު ފަށާފައިވާކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
މުއާޒް މިފަދައިން ވިދާޅުވީ މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.
މުއާޒް މިހެން ވިދާޅުވީ، އިއްޔެ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެައި ބައިވެރިވަޑައިގެން ކަރަންޓް ބިލު ބޮޑުވާ މައްސަލައާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުންނެވެ.
މުއާޒް ވިދާޅުވީ އެންމެ ފަހުން ލިބުނު ކަރަންޓް ބިލް ބައެއް ފަރާތްތަކަށް ބޮޑުވެފައިވަނީ ރޯދަ މަހާއި ހޫނު މޫސުމާ ގުޅިގެންކަމަށް ބެލެވޭކަމަށެވެ.
ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހަކީ ގޭބީސީތަކުގެ ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވެ ކަރަންޓް ބިލް ބޮޑުވާ މަހެކެވެ. މިއަހަރުގެ ރަމަޟާންމަހުވެސް ކަރަންޓް ބިލް ބޮޑުވެގެން އެކަމުގެ ޝަކުވާ އާންމު ރައްޔިތުން ވަނީ ކޮށްފައެވެ.
އޭނާ ވިދާޅުވީ ކަރަންޓު ބިލްތައް ބޮޑުވުމުގެ ސަބަބުން ލިބުނު ޝަކުވާތަކާއި ގުޅިގެން ބިލްތައް ބޮޑުވެފައިވަނީ ރިޑިން ނެގުމުގައި މައްސަލައެއްގެ ސަބަބުންތޯ ބެލިކަމަށާއި ނަމަވެސް އެފަދަ މައްސަލައެއް ފާހަގަވެފައި ނުވާކަމަށެވެ.
"ޔޫއާރްއޭއިން ކަނޑައަޅާފައި ހުރި މިންގަނޑުތަކަށްތޯ ބިލް ކުރަމުން ދިޔައީ އެކަން ވެސް ބަރާބަރަށް އެގޮތަށް ކުރެވިފައި ހުރީ ރޯދަމަހާއި ގުޅިގެން ކޮންސަޕްޝަންސް އިތުވެފައި ވަނީ" މުއާޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޖުމްލަކޮށް ކަރަނޑު ބިލް ބޮޑުވެފައިވަނީ ކޮންސަޕްޝަންސް އިތުވުމުގެ ސަބަބުންކަމަށާއި މިކަންކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަމަށެވެ.
އެގޮތުން ފެނަކައިގެ ފަރާތުން ސްމާޓް މީޓާ ޕްރޮޖެކްޓެއް ފަށައިގެން އުޅޭކަން އޭނާ ފާހަގަކުރެއްވިއެވެ.
މުއާޒް ވިޑާޅުވީ އޭގެ ސަބަބުން ކޮންމެ ދުވަހަކު އެ ގެއަކަށް އަރާ ރޭޓު ކޮންސިއުމް ކުރެވޭ ޔުނިޓްތަކުގެ އަދަދު ވަގުތުން ބެލެން ހުންނާނެކަމަށެވެ.
"މާނައަކީ މާދަމާ ނިމޭއިރު މިހާރު ބިލަށް އަރާފައިވާ ވަރު އެނގޭނެ، އޭރުން އިތުރަށް އިކޮނޮމައިޒް ކުރަން ކަސްޓަމަރުންނަށް މަގުފަހިވެގެން ދާނެ" އޭނާ ވިދާޅުވިއެވެ.
މުއާޒް އިތުރަށް ވިދާޅުވީ މިހާރު ބައެއް ރަށްރަށުގައި އެ މަސައްކަތް ފަށާފައިވާނެކަމަށާއި އެގޮތުން ދ. އަތޮޅުގައި ސްމާޓް މީޓާ ޕްރޮޖެކްޓް ފައްޓައިގެން ކުރިއަށްދާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ