ޤައުމިއްޔަތު އިޢާދަކުރުމުގެ މަޝްރޫޢު ޤައުމީ ދިފާޢީ ބާރުގައި ކުރިއަށްގެންދަނީ

ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ޕައިލެޓް ޕްރޮގްރާމް، "އަޖުމަފިޔަވަހި" ޤައުމީ ދިފާޢީ ބާރާއެކު ކުރިއަށް ގެންދިޔުމަށް މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވަނީ ދިވެހި ޤައުމިއްޔަތު އިޢާދަ ކުރުމުގެ ޕްރޮގްރާމް އެންމެ ފުރަތަމަ ހިންގާ މުއައްސަސާއަކީ ޤައުމީ ދިފާޢީ ބާރުކަން ފާހަގަކުރައްވާ ޤައުމިއްޔަތު މަޝްރޫޢުގައި އެ މުއައްސަސާގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ޤައުމިއްޔަތު މަޝްރޫޢުގެ ފުރިހަމަ މަފްހޫމް އެއިދާރާގެ ހުރިހައި ފަންތިއެއްގެ ބޭފުޅުންނަށް އެނގިވަޑައިގަތުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިކަން ޙާސިލްކުރުމަށްޓަކައި ވީހާވެސް ގިނަ އޮފިސަރުންނާއި އޮފިޝަލުންނަށް ޤައުމިއްޔަތުގެ ބަހާތަކާ ބެހޭ މަޢުލޫމާތު ސެޝަންތަކާއި، މަޝްރޫޢާ ގުޅޭ އިތުރު ހަރަކާތްތައް ހިންގުމަށް ކުރަން ހުރި މަސައްކަތްތަކާ ބެހޭ ގޮތުން، ދެ މުއައްސަސާގެ މެދުގައި ވަނީ މަޝްވަރާކޮށްފައެވެ.
މި މަޝްވަރާތަކުގެ އަލީގައި، މިމަހުގެ ތެރޭ ޤައުމީ ދިފާޢީ ބާރާއެކު މި ޕްރޮގްރާމް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ފަށާފައިވާކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޝަޚުރުއްޛިޔާދުއާއި ވަޒީރުގެ ނާއިބު އާމިނަތު އިބްރާހީމާ މޭޖަރ ޖެނެރަލް ރިޓަޔަރޑް ޢަބްދުﷲ ޢަލީ ބައިވެރިވިއެވެ. އަދި ޤައުމީ ދިފާޢީ ބާރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ބްރިގޭޑިއަރ ޢަބްދުﷲ އިބްރާހީމާއި ކާނަލް ޢަލީ މަނިކު އަދި ކެޕްޓަން ހުޝާމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ