ހަ ވަޒީރަކު މި މަހު ބޭރަށް ވަޑައިގަންނަވާނެ

ޒީރުންގެ ދަތުރު ލިސްޓް ގައި މިވަގުތު ހިމެނިފައި ނެތަސް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މި މަހު އިންޑިއާ އަށް ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ.
ބައިނަލްއަގްވާމީ އެކި ބައްދަލްވުންތަކާއި ކޮންފަރެންސްތަކުގައި ބައިވެރިވެވަޑައިގަތުމަށް ހަ ވަޒީރަކު މި މަހު އެކި ގައުމުތަކަށް ވަޑަައިގަންނަވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހަވީރު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމު ގައި ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ހަ ވަޒީރަކު މި މަހު އެކި ގައުމުތަކަށް ވަޑަައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ ބައިނަލްއަގްވާމީ އެކި ބައްދަލްވުންތަކާއި ކޮންފަރެންސްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅުތަކެއް ކަމަށް ވިދާޅުވި އެވެ.އެ ދަތުރުފުޅުތަކުގެ ބައެއް މައުލޫމާތު ވެސް ހީނާ ދެއްވި އެވެ.
މި ބައްދަލްވުންތަކުގެ ތެރެއިން މިނިސްޓަރު ސައީދު ލަންޑަށް ކުރައްވާ ދަތުރުފުޅު ގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާނީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝިއަލް ސާވިސްގެ މަގުސަދުތައް ހާސިލު ކުރުމަށް ކަމަށާ އެ ގޮތުން މާލީ އިދާރާތަކުގެ ވެރީންނާއެކު މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.މީގެ އިތުރުން ވަޒީރުންގެ ދަތުރު ލިސްޓް ގައި މިވަގުތު ހިމެނިފައި ނެތަސް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މި މަހު އިންޑިއާ އަށް ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށާ އެ ދަތުރުފުޅުގެ ތަފްސީލް ފޮރިން މިނިސްޓްރީން ހާމަ ކުރައްވާނެ ކަމަށް ހީނާ ވިދާޅުވި އެވެ. މީގެ އިތުރުން އެހެން ވަޒީރުންގެ ދަތުރުފުޅުތަކާއި ގުޅޭ ތަފްސީލު ވެސް އެ މިނިސްޓްރީ އަކުން ހާމަ ކުރަމުން ގެންދާނެ ކަމަށް ވިދާޅުވި އެވެ.މިއީ ބޭރު ގައުމުތަކަށް ވަޒީރުން ކުރައްވާ ދަތުރުފުޅުތަކުގެ މައުލޫމާތު މިގޮތަށް ދުރާލާ ހާމަކުރަން ފެށި ފުރަތަމަ ފަހަރެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ