މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓް ކެނޑިދާނެ: ސްޓެލްކޯ

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓް ކެނޑިދާނެ ކަމަށް ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ، އެކުންފުނީގެ ކަރްންޓް ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް މިއަދު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް ކެނޑިގެންދާނެ ކަމަށެވެ.
އެގޮތުން މާލޭގެ ހެންވޭރުގެ ސޯސަން މަގާއި، ދޫހިމެރިމަގު، މަޖީދީމަގު އަދި ކާސިންޖީމަގު ހިމެނޭ ސަރަހައްދުން 10 މާރޗް 2024 މިއަދު ހެނދުނު 10:00 އިން 12:00 ކެނޑިދާނެ ކަމަށް ބުނެފައިވެއެވެ. 
Advertisement
އަދި ގަލޮޅުގެ މަޖީދީމަގާއި، ދަނބުރުމަގު، ރަށްދެބައިމަގު، ރަތްވިލާގޯޅި އަދި އަލިކިލެގެފާނު މަގު ހިމެނޭ ސަރަހައްދުން މެންދުރު 14:00 އިން ހަވީރު 17:00 އަށް ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
މީގެ އިތުރުން ހުޅުމާލެ، ޗަނބޭލީ މަގު ގޯޅި 6 އަދި 7 ހިމެނޭ ސަރަހައްދުން މެންދުރު 14:00 އިން 15:00 ކަރަންޓު މެދުކެނޑޭނެ ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިގެން ދިމާވެދާނެ ދަތިތަކަށް އާންމުންގެ ކިބައިން މާފަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ