ރާއްޖޭގެ އެކި ރަށްރަށުގައި ހިނގަމުންދާ %60 ޕްރޮޖެކްޓްތައް ސަރުކާރުން ވަނީ ހުއްޓާލާފައި ކަމަށާއި، އެކަމާއި ގުޅިގެން ގިނަ ޝަކުވާތަކެއް ރައްޔިތުން މަޖިލީހަށް ލިބެމުންދާ ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ޕީޖީ ގްރޫޕުން ބޭއްވި ޕްރެސް ކޮންފަރަންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިތުރަށް ތަފްސީލު ކުރަމުން ވިދާޅުވީ، ވަޒީރަށް ރުހުން ނުދިނުމުގެ ވާހަކަ ސަރުކާރުން ދައްކައި އެކަމާއި، މާ ބޮޑަށް ކަންބޮޑުވެގެން އުޅޭ ކަމަށް އެ ދައްކަވަނީ %60 ޕްރޮޖެކްޓް ހުއްޓާލާފައިވާ މައްސަލަ އޮއްބާލުމަށް ކަމަށެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ވަޒީރުންގެ ރުހުން ހޯދުމަށް ނަން ފޮނުވި އިރު، ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކޮށްފައި ނުވާތީ އެކަމާއި ހުރެ، ލަސްތަކެއް ވެފައިވާކަމަށް، އެމްޑީޕީ ޕީޖީ ގްރޫޕުން މައުލޫތު ދެއްވައެވެ. މިގޮތުން އިތުރަށް އުފައްދާފައިވާ، މިނިސްޓްރީ ތަކުގެ ޒިންމާތައް ސާފު ނުވާ ކަމަށާއި، އަދި އެޓޯލް މިނިސްޓްރީ އާއި އެލްޖީއޭގެ މެންޑޭޓްގައި ހުރި ތަފާތެއްވެސް މަޖިލީހަކަށް ސާފުކޮށްދީފައި ސަރުކާރުން ނުވާކަމަށް ވިދާޅުވިއެވެ.
މުއިއްޒުގެ ޕާލިމަންޓަށް ރުހުން ދިނުމަށް އަދި ނުދިނުމަށްވެސް، އެމްޑީޕީގެ އެއްވެސް ގުނަވަނަކުން ނިންމައިގެން މަސައްކަތް ކޮށްފައި ނުވާކަމަށް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވިއެވެ.
ރާއްޖޭގައި ހިނގަމުންދާ %60 ޕްރޮޖެކްޓް ވަނީ ހުއްޓާލާފައި! ވަޒީރުންގެ ރުހުން ނުދިނުމުގެ ވާހަކަ ދައްކަނީ އެކަން އޮއްބާލަން – މެމްބަރު އަހުމަދު ސަލީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ