‏ރިޕޯޓު: އިންތިހާބަށް ކަޑަ ނުޖަހާނެކަމަށް ވިދާޅުވެ ހަދަމުންދަނީ ބުހުތާނު ދޮގު، މުއިއްޒު ގެންދަވަނީ ހުރިހާ ކަމެއްގައިވެސް ރައްޔިތުން ގުބޯ ހައްދާ އޮޅުވާލާ މަކަރު ހަދަމުން!

‏ރާއްޖެއަށް ކުރިމެތިވެފައިވާ ދަރަނިވެރި ހާލަތު ގަބޫލުކުރައްވާކަމަށް ވިދާޅުވެ މަޖލިސް އިންތިހާބާއި ދިމާކޮށް ކަނޑަ ނުޖަހާނެކަމަށް ރައއީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ މިމަހުގެ 6 ވަނަދުވަހުއެވެ. އިއްތިފާގަކުންނަމަވެސް މުއިއްޒަށް އެހެން ވިދާޅުވެވުނީ އެހެންނަމެއްގައި އޮޅުވަލައިގެން ނަމަވެސް މަޖލީހުގެ އިންތިހާބަށް ކެމްޕެއިނަށް ފެށި ދަތުރެއްގައެވެ.
ރައްޔިތުންނާއި ބައްދަލުކުރުން ނަމުގައި ކުރާ މި ދަތުރުތަކުގައި ތ. އަތޮޅުގެ ދެ ރަށަކަށް ފިޔަވާ ހުރިހާރަށަކަށް ވަޑައިގެންނެވުމަށްފަހު މިހާރު އުޅުއްވަނީ ރާއްޖޭގެ އެންމެ ދެކުނުގައެވެ. ދަތުރަށް ބޭނުންނުވާ ވަޒީރުންނާއި ރައީސް އޮފީހަށް ސިޓީ ކައުންސިލުން ގެނައި އެކުވެރި ޕާޓުންނާއި ކުންފުނިތަކުގެ އިސްވެރިންތެއްވެސް ގޮވައިގެން ކުރާ ދަތުރުގު ހުރިހާ ހަރަދެއް ކުރަނީ ދިވެހި ދައުލަތުންނެވެ.
‏މި ދަތުރުގެ ތެރެއިން މުއިއްޒު ދެއްކެވި ދެ ވާހަކައެއް އެބައޮތެވެ. އެއް ވާހަކައަކީ އިންތިހާބަށް ކަނޑައެއް ނުޖަހާނެ ވާހަކައެވެ. އަނެއް ވާހަކައަކީ ތިމަން މަނިކުފާނަކީ ދެ ފަހަރު ދެގޮތަށް ވާހަކަ ދައްކާ މީހެއް ނޫންކަމަށް ވިދާޅުވި ވާހަކައެވެ.
‏އެހެންޏާ ކަންތައްތައްވާ ގޮތަށް އިންތިހާބަށް މަހެއް ނުވަތަ ދޮޅުމަސް ވީމާ އައިސް މިއިން އެއްވެސް ކަމަކާ ބެލުމެއްނެތި ހަމަ ކުއްލިއަކަށް ބިންގާ އަޅައި، ކަޑަޖަހާ އުސޫލުން ކަންކަންކޮށްފައި ދިޔައީމާ ރައްޔިތުންނަށް ވާ ފައިދާއެއް ނޯވޭ. އެއީ އަމިއްލަ ނަފްސަށް އޮޅުވާލެވެނީ.
ކުރިން ރައީސް މުއިއްޒު ވިދާޅުވެފައި ވެއެވެ.
‏އިންތިހާބަށް ކަޑަ ޖެހުން މި ބަހުގެ މާނަ ފަހަރުގައި ޑރ މުއިއްޒަށް އެނގިވަޑާއި ނުގަންނަވަނީކަމަށް ވެދާނެއެވެ. ފަހަރުގައި އެމަނިކުފާނަށް އެ ބަހުގެ މާނައިގެ ގޮތުގައި ހީވެފައި އޮތުން ގާތީ ބިން ބާހާފައި ކަޑަ ފާހަގަކުރަން ބިމަށް އެއްޗެއް ޖަހާ ގޮތަށް ޖެހުންހެން އެބަ ހީވެއެވެ.
ތެދެކެވެ މަނިކުފާނާއި މަނިކުފާނުގެ އައުވާނު އެބަ ބުނެއެވެ. މީ ކަޑަޖަހަނީކީ ނޫނޭ ވީ ވައުދުތައް ފުއްދަނީއެވެ.‏އެމަނިކުފާނަށް އެނގިވަޑައި ނުގަތަސް ހަމަ އެހެންވެރިންވެސް ކަންކުރެއްވީ މިހެންނެވެ. އިންތިހާބަށް ގޮސް ބިންމަތީގައި މިން އަޅާ ކަނޑައެއް ޖަހަނީކީއެއް ނޫނެނެވެ. އެރަށެއްގެ ރައްޔިތުން ބޭނުންވާކަމެއް ކުޑަ ރަސްމިއްޔާތެއް ބާއްވާފައި ފަށަނީއެވެ. ނުވަތަ ވަރަށް ހަރު އަޑުން އެކަމެއް ކޮށްދޭނެމޭ ބުނަނީއެވެ.
މަނިކުފާނު އަދި މާ ގޯހެވެ. ނުކުރާނަމޭ ބުނެ ރައްޔިތުންނަށް އޮޅުވާލަނީއެވެ. ތިމަން ކިތަންމެ ދޮގެއް ހެދިޔަސް ރައްޔިތުންނަށް ކުރެވޭނީ ކޮންކަމެއް ހޭ ބުނެ ރައްޔިތުންނަށް މަލާމާތާއި ފުރައްސާރަކުރަނީއެވެ.
‏ކަޑައެއް ނުޖަހާކަމަށް ބުނެ, މުއިއްޒު މަޖލިސް އިންތިހާބާ ދިމާކޮސް މިހާތަނަށް ޖެހި ކަޑަތަކުގެ ދިގު ލިސްޓް
ފުވައްމުލަކު މަގުތައް ހަދަން ފެށުން‏2. އައްޑޫ ބްރިޖްގެ ކުރެހުން ހަދަން ސޮއިކުރުން‏3. އުނގޫފާރު ފަޅުން 3 ހެކްޓަރު ބިން ހިއްކާނަން‏4. ކިނބިދޫ ވޭމަންޑޫ ކޯޒްވޭ އަޅާނަން‏5. ތ. އަތޮޅުގައި އިތުރު ރިސޯތްތައް ހަދަން މިއަހަރު ފަށާނަން‏6. ބުރުނީ ރަށްގިރުމާއި ބަނދަރުގެ މައްސަލަ ހައްލުކުރާނަން‏7. 20 ރިސޯޓް ހަދަން މިއަހަރު ފަށާނަން‏8. ދިޔަމިގިލި މަގުތައް ހަދަން ފަށާނަން‏9. ވިލިފުށި އެއާޕޯޓް ހޮސްޕިޓަލް މަސައްކަތް ފަށާނަން‏10. ގުރައިދޫ އޭއަރޕޯޓް ފަށާނަން‏11. މާފުށި ޑޮލަރު އޭޓީއެމް މިއަހަރު ބަހައްޓާނަން
ދެން އޮތީ ދެ ފަހަރު ދެ ގޮތަށް ނުބުނާނެ ވާހަކައާއި ބުނާ ބަސް ދިމާވާނެ ވާހަކައެވެ. މިހާތަނަށް ދެއްކެވި ވާހަކަތަކުން މިކަން ވަރަށް ސާފުކޮށް އެބަ އެނގެއެވެ.
‏ކަޑަ ނުޖަހާނެކަމަށް އިންތިހާބަށް ވިދާޅުވި ބޭފުޅާ ދެ ދަތުރެއްގެ މަތިން މިހާތަނަށް ކޮށްދޭނެމޭ ބުނިކަންކަމުގެ ލިސްޓް 10 އަކުން މައްޗަށް އަރާފިއެވެ. ބައެއް ތަންތަންތާ މަސައްކަތް ފެށުމުގެ ފޮޓޯތައްވެސް ނަގައިފިއެވެ. މިދިޔަ އިންތިހާބާއި ދިމާކޮށް ދެއްކި ފްލެޓް ވާހަކައާއި ގޯތީގެ ވާހަކަވެސް އޮތީ ހަމަ މިހެންނެވެ. ނާތުލާނެކަމަށް ބުނި ބޭފުޅާ އެދޭން އުޅޭ އެއްގޮތެއްވެސް ނުދައްކަވައެވެ. ކަމެއް ދައްކާ އެކި ބަހަނާތައް އެކަމާއި ބެހޭ ވަޒީރު އަންނަވަނީ ދައްކަވަމުންނެވެ. ދޭނެޖްހޭ މީހުން އަދަދު 4000 އިން 800 ތިރިވެ ނިމިއްޖެއެވެ.
މުއިއްޒުގެ ރުހުމެތް ނެތި މިކަން މިގޮތަށް ކުރެވިދާނެކަމަށް ހަމަ ރައްޔިތުން ގަބޫލުކޮށްގެން ތިބެންވީ ހެއްޔެވެ. އަންނަ ހަފްތާގައި ވާނެކަމަށް ވިދަޅުވެއްޖެނަމަ އެކަން އެމަނިކުފާނަށް ހަނދާން ކޮށްދޭންޖެހެނީވެސް ނިކަމަތި ރައްޔިތުންނެވެ.
‏އަނެއްކާ އިންތިހާބާއި ދިމާކޮށް ކުރީ އިންތިހާބުގައި ދެއްކި ވާހަކަތައްވެސް މުޅިން އެހެން ރާގެއްގައި އަލުން ވިދާޅުވާން ފަށައިފިއެވެ. އާއެކެވެ ރާއިސް ޔާމިން މިނިވަން ކުރާ ވާހަކައެވެ.
‏ނޫސްވެރިންގެ ސުވާލުތައް ރައީސް ޔާމީނާއި ގުޅުވާވަރުން ސަލާމަތް ނުވެގެން މުއިއްޒު ވަނީ އެކަމުގައި ސާފު ޖަވާބެއް ތަރުޖަމާނު މެދުވެރިކުރައްވާ ދެއްވާފައެވެ. ޔާމީން މިނިވަން ކުރަންވީ ވައުދުތައް ފުއްދެވި ވާހަކައެވެ. ފުއްދި ވައުދެއްގެ ވާހަކަ އަނެއްކާ އެމަނިކުފާނު ދައްކަވަން މި ޖެހުނީ ކީއްވެބާއެވެ. މި ފަހަރު އެވާހަކަ ވިދާޅުވަމުން އެގެންދަވަނީ މަޖްލިސް ގޮނޑިތައް ހޯދުމަށް ފަހަރުގައި ގައުމީ ސަލާމުގެ ރާގަށްކަމަށް ވެދާނެއެވެ.
‏މި ހުރިހާކަމަކުންވެސް ސާބިތުވާ އެއްކަމެއް އެބައޮތެވެ. ރައީސް މުއިއްޒު ނުކުރައްވާނެކަމަށް ވިދާޅުވެއްޖެނަމަ އެކަން ކުރައްވާނެކަމުގެ ޔަގީންކަމެވެ. ކުރައްވާނެކަމަށް ވިދާޅުވެއްޖެނަމަ އެކަން ނުވެސް ކުރައްވާނެ ހަނދާނެއްވެސް ނުހުންނާނެ، ރައްޔިތުން ހަނދާން ކޮށްދީފިނަމަ ކޮންމެވެސް އެހެން ބަހަނާއެއް އޮންނާނެއެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ