ފަސްވަގުތު ނަމާދުކުރާ މީހުން ސިޔާސީ މަސައްކަތުގެ އިސް ސަފަށް ނެރޭނަން: އިމްރާން

ފަސް ވަގުތު ނަމާދުކުރާ މީހުން ސިޔާސީ މަސައްކަތުގެ އިސް ސަފަށް ނެރެ ބާރުވެރިކުރާނެ ކަމަށް މިދިޔަ ސަރުކާރުގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓިގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ޝައިޚް އިމްރާން މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޓްވީޓެއްގައެވެ.
މިގޮތުން އިމްރާން ވިދާޅުވީ، އެބޭފުޅާ މިހާތަނަށް ކުރަމުން އައި އަދި އެކަމެއް ކުރުމުގެ މަތީގައި ހަޔާތުގެ ބާކީ އޮތް ބައިގައި ،ދެމި ހުންނާނެ މަސައްކަތަކީ ފަސްވަގުތު ނަމާދުކުރާ މީހުން ސިޔާސީ މަސައްކަތުގެ އިސް ސަފަށް ނެރެ ބާރުވެރި ކުރުން ކަމަށެވެ.
ޝައިޚް އިމްރާން ވަނީ މި އަހަރުގެ މަޖިލިސް އިންތިހާބުގައި މަކުނުދޫ ދާއިރާއަށް ވާދަކުރައްވާފައިވާއިރު، 821 ވޯޓާއި އެކު އެބޭފުޅާ ވަނީ އިންތިހާބުން ބަލިވެފައެވެ.
މަކުނުދޫ ދާއިރާ އަށް އިންތިހާބުގައި ތިން ކެނޑިޑޭޓަކު ވާދަކުރިއެވެ. އެއީ އެމްޑީޕީގެ ފަރާތުން މިހާރު ވެސް އެ ދާއިރާގެ މެންބަރުކަން ކުރައްވާ މުހައްމަދު ރާއީއާއި އަދާލަތު ޕާޓީގެ ފަރާތުން އިމްރާން އާއި ޕީއެންސީގެ ފަރާތުން އާދަމް ޝަފީގެވެ. އޭގެ ތެރެއިން އިންތިޚާބު ކާމިޔާބުކޮށްފައިވަނީ 1223 ވޯޓާއި އެކު ޕީއެންސީގެ ކެނޑިޑޭޓް އާދަމް ޝަފީގެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ