އުފާ ފާޅުކުރުމަށް ބާއްވާ ހަފްލާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ޕީއެންސީން އެދިއްޖެ އައްޑޫގެ ތާރިހު ބަދަލުކޮށް، ޕީއެންސީ އިން މެޖޯރިޓީ ނަގައިފި ދިއްދޫ ފެނަކައިގެ އެސިސްޓަންޓު މެނޭޖަރު ދެއްކި ވާހަކަތައް ކުށްވެރިކޮށްފި މަޖިލިސް އިންތިހާބުގައި ‘އަސްލ

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރި މެންބަރުން ހުވާ ކުރުން އަންނަ މޭ 28 ގައި ބާއްވަން މަޖިލިހުގެ އިދާރާ އިން ނިންމައިފިއެވެ.
މިއަދު މަޖިލީހުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ ގާނޫނުއަސާސީގެ 81 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެ މެންބަރުންގެ ހުވާ ކުރުން މޭ، 28 މޭ ވާ އަންގާރަ ދުވަހު އޮންނާނެ ކަމަށެވެ.
މީގެ އިތުރުން އަސްލަމް ވިދާޅުވީ މަޖިލީހުން އެހެން ގޮތަކަށް ކަނޑަ ނާޅާހާ ހިނދަކު މި ދައުރުގެ އެންމެ ފަހު ޖަލްސާ މޭ 13 ގައި ބާއްވާނެ ކަމަށާއި އެހާތަނަށް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
މަޖިލިހުގެ ގަވައިދު ބުނާ ގޮތުން މަޖިލީހުގެ މިހާރުގެ ދައުރު ހިނގާނީ މޭ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިދިޔަ އާދިއްތަ ދުވަހު ބޭއްވި އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުން ޕީއެންސީ 66، އެމްޑީޕީ 12، މިނިވަން 11 (މިނިވަން 11 ކެންޑިޑޭޓުންގެ ތެރެއިން ހަތަރު ކެންޑިޑޭޓަކަށް އިންތިހާބުގައި ޕީއެންސީގެ ތާއީދު ކުރި)، އެމްޑީއޭ 2، އެމްއެންޕީ 1، ޖޭޕީ 1 ގޮނޑިވަނީ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ