ކުރީގެ މެމްބަރުންނަށް އިނާޔަތް ދިނުމާއި ދެކޮޅު: ޖަމީލު އުސްމާން

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންނަށް ލިބޭ އިނާޔަތްތައް އިތުރު ކުރަން ހުށަހަޅާފައިވާ ބިލާއި ދެކޮޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލު އުސްމާން ވިދާޅުވެއްޖެއެވެ. ޖަމީލު އުސްމާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެބިލަކީ ސަރުކާރަށް މާލީ ގޮތުން ޖެއްސުން ކުރުމުގެ ގޮތުން ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. އަދި އެބިކު ފާސް ކުރަން ޕީޕީއެމްއިން ގްރީން ވިޕްލައިނެއް ނެރުނަސް، ވޯޓު ނުދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޖަމީލު އުސްމާންގެ އިތުރުން،މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވެސް ވަނީ އެބިލާއި ދެކޮޅުކަން ހާމަ ކުރައްވާފައެވެ. 
ޖަމީލު އުސްމާން ކުރެއްވި ޓްވީޓް.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓާއި ވީއައިޕީގެ ޚިދުމަތާއި އިތުރު އިނާޔަތް ދިނުމަށް އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްތައް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި އާންމު އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ދިއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ތިމަރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު މުސްތަފާއެވެ. އެގޮތުން، މުސްތަފާ ހުށަހެޅުއްވި އިސްލާހުގައި ވަނީ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ކޮންމެ މީހަކަށް އެއާޕޯޓުން ވީއައިޕީގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަން ވާނެ ކަމަށް ބުނެފައެވެ. ލަތީފް އެ ގާނޫނަށް ހުށަހެޅުއްވި އިސްލާހެއްގައި ވަނީ މަޖިލީހުގެ މެމްބަރުން ބޭނުންވާ ނަމަ ހެލްތު އިންޝުއަރެންސް ސްކީމަށް ފިރިމީހާ ނުވަތަ އަނބިމީހާ އަދި އުމުރުން 18 އަހަރު ނުވާ އުފަން ކުދިން ބައިވެރިކުރަން ވާނެ ކަމަށެވެ. އަދި، އެ މީހުން ބައިވެރިކުރާ ނަމަ، އިންޝުއަރެންސް ޕްރިމިއަމް ދައްކާނީ އެމީހަކު އަމިއްލަ އަށް ކަމަށް ބިލްގައިވެއެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން ހެލްތު އިންޝުއަރެންސް ލިބޭނީ މެމްބަރުންނަށް އެކަންޏެވެ. ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން އަންނަނީ ކުރީގެ މެމްބަރުންނަށް އިތުރު އިނާޔަތް ދޭ ގޮތަށް ހުށަހަޅާފައިވާ ބިލާއި ދެކޮޅަށް ވާހަކަ ދައްކަމުންކަން ފާހަގަކޮށްލެވެއެވެ. 
ޖަމީލު އުސްމާން
ފަތޯނާ ފާއިޒް
0%
0%
0%
0%
ކޮމެންޓް ޝާއިރު ނުކުރެވުނު.
×
×
ހިޔާލު ފާޅުކުރައްވާ
އެންމެ ފަހުގެ
އެންމެ މަގްބޫލު
ކުރީގެ މެމްބަރުންނަށް އިނާޔަތް ދިނުމާއި ދެކޮޅު: ޖަމީލު އުސްމާން
17 މިނެޓް ކުރިން
18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ މިމަހުގެ 29ގައި
1 ގަޑި ކުރިން
ފައިސާގެ ގަވައިދެއް ބަދަލު ކުރާނަމަ ފިނޭންސް މިނިސްޓްރީއަށް އަންގަން ޖެހޭނެ
1 ގަޑި ކުރިން
އިންޑިއާގެ އާއްމު އިންތިޚާބު: 3 ވަނަ ފިޔަވަހީގެ ވޯޓުލުން ކުރިއަށް
1 ގަޑި ކުރިން
ގައުމީ ސަލާމަތަށް ނުރައްކާ ވާފަދަ ވާހަކަ ނުފަތުރަން އިލްތިމާސްކޮށްފި
15 ގަޑި ކުރިން
ޕީޕީއެމް ފެނިގެންދާނީ އެންމެ ޒިންމާދާރު އިދިކޮޅު ޕާޓީގެ ގޮތުގައި- މުއިއްޒު
19 ގަޑި ކުރިން
ޕީޕީއެމް ފެނިގެންދާނީ އެންމެ ޒިންމާދާރު އިދިކޮޅު ޕާޓީގެ ގޮތުގައި- މުއިއްޒު
19 ގަޑި ކުރިން
އާއްމު އިންތިޚާބަށް އެމްޑީޕީން ފައިސާގެ ނުފޫޒު ފޯރުވި: މުއިއްޒު
20 ގަޑި ކުރިން
ގައުމީ ސަލާމަތަށް ނުރައްކާ ވާފަދަ ވާހަކަ ނުފަތުރަން އިލްތިމާސްކޮށްފި
15 ގަޑި ކުރިން
ފައިސާގެ ގަވައިދެއް ބަދަލު ކުރާނަމަ ފިނޭންސް މިނިސްޓްރީއަށް އަންގަން ޖެހޭނެ
1 ގަޑި ކުރިން
އިންޑިއާގެ އާއްމު އިންތިޚާބު: 3 ވަނަ ފިޔަވަހީގެ ވޯޓުލުން ކުރިއަށް
1 ގަޑި ކުރިން
18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ މިމަހުގެ 29ގައި
1 ގަޑި ކުރިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ