މާލޭ ސިޓީ ކައުންސިލާއި މާލޭ ހެލްތު ސާވިސް ކޯޕަރޭޝަނަށް ވޭތުވެދިޔަ ދުވަސްތަކުގައި ހަދާފައިވާ ގިނަ އަދަދެއްގެ ކަރަންޓް ބިލަށް ވެސް ފައިސާ ދައްކާފައިވާ ނުވާތީ އެ ދެ ތަނުން ވެސް ކަރަންޓް ކަނޑައިލާނެ ކަމަށް ސަރުކާރުގެ ކަރަންޓް ކުންފުނިން ބުނެފި އެވެ.
ސްޓެލްކޯއިން މިއަދު ބުނީ ސަރުކާރުގެ ބައެއް އިދާރާތަކުން އެ ކުންފުންޏަށް ލިބެންޖެހި ނުލިބިވާ ފައިސާ މަހުން މަހަށް އިތުރުވަމުން އަންނަ ކަމަށާއި އެފަދަ ފަރާތްތަކާއިމެދު އެ ކުންފުނިން އަމަލު ކުރަމުން އަންނަ އާންމު އުސޫލުން، ފައިސާ ނުދައްކާ ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ކަރަންޓްގެ ހިދުމަތް ކަނޑައިލަން މިހާރު ނިންމާފައިވާ ކަމަށެވެ.
"މިގޮތުން އެންމެ ފުރަތަމަ ކަރަންޓް ކަނޑަން ހަމަޖައްސާފައި ވަނީ 90 ދުހަށްވުރެ ގިނަ ދުވަސްވެފައިވާ ބިލްތަކުގެ ޖުމްލަ އަދަދު ބޮޑު ތަންތަނުންނެވެ،" ސްޓެލްކޯއިން ބުންޏެވެ.
އެ ކުންފުނިން ބުނީ މާލޭ ސިޓީ ކައުންސިލާއި މާލޭ ހެލްތު ސާވިސް ކޯޕަރޭޝަނުން މިދިއަ މަސްތަކުގައި ކަރަންޓް ބިލަށް ފައިސާ ދައްކާފައި ނުވާ ކަމަށާއި އެ ބިލްތަކަށް ފައިސާ ދައްކަން އެތަންތަނުން ފައިސާ ދައްކަން ތަކުރާރުކޮށް އެންގުމަށްފަހު ކަރަންޓް ކަނޑައިލާނެ ކަމަށް ވެސް އަނގާފައިވާނެ ކަމަށާއި އެގޮތަށް ސްޓެލްކޯއިން އަމަލުކު ކުރާނެ ކަމަށް ވެސް އަންގާފައިވާނެ ކަމަށެވެ. އަދި ބުނީ މި މައްސަލައާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
ސްޓެލްކޯއިން މިހެން ބުނި އިރު ފަސް މަސް ދުވަހުގެ ކަރަންޓް ބިލަށް ޓީވީއެމުން ފައިސާ ނުދައްކައިގެން އެ ސްޓޭޝަނުން ކަރަންޓު ކަނޑައިލަން ސްޓެލްކޯގެ މުވައްޒަފުން ވަނީ މިއަދު އެ ސްޓޭޝަނަށް ވަދެފަ އެވެ.
އެމްބީސީ ގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަފީޤު ވިދާޅުވީ ފަސް މަސް ދުވަހުގެ ކަރަންޓް ބިލަށް ޖުމްލަ 7.1 މިލިއަން ރުފިޔާ ޓީވީއެމުން ސްޓެލްކޯއަށް ދައްކަންޖެހިފައިވާ ކަމަށެވެ. އެ ފައިސާ ދައްކަން ޖެހޭއިރު އެމްބީސީގެ ބަޖެޓުގައި މިވަގުތު ހުރީ 1.5 މިލިއަން ރުފިޔާ ކަމަށެވެ.
ޝަފީޤު ވިދާޅުވީ ކަރަންޓް ބިލްތަކަށް ފައިސާ ދައްކަންޖެހޭތީ އެ ބިލްތައް ފިނޭންސަށް ފޮނުވުމަށްފަހު ފައިސާ ދޫކުރުމަށް ފިނޭންސްގައި އެދުމުން ކުންފުނީގެ ބަޖެޓުގައި ހުރި ފައިސާއަކުން ކަރަންޓް ބިލްތައް ދެއްކުމަށް ފައިނޭންސް ކޮންޓްރޯލާ އަޙްމަދު މުޙައްމަދު އަންގަވާފައިވާ ކަމަށެވެ.
"ކުންފުނީގެ ބަޖެޓުގައި ހުރި ފައިސާއިން އެޚަރަދުތައް ކުރުމުން އަޅުގަނޑުމެން ދުވަހުން ދުވަހަށް ކުރަންޖެހޭ ޚަރަދުތަކަށް ވަރަށް ބޮޑަށް ބުރޫ އަރައިގެންދާނެ. އަޅުގަނޑުމެން މި ދަނީ މިކަން ހައްލުކުރަން، ކަރަންޓްކަޑާ ނުލާ ވޭތޯ ސްޓެލްކޯއާ ވާހަކަ ދައްކަމުން. އެބޭފުޅުން ވިދާޅުވަނީ ޖުމްލަ އަދަދުގެ 50 ޕަސެންޓް ދެއްކުމުންނޭ ހައްލުވާނީ،" ޝަފީގު ވިދާޅުވި އެވެ.
ކަރަންޓް ކަނޑައިލާނެ ކަމަށް މާލޭ ސިޓީ ހޯލާއި މާލޭ ހެލްތު ސާވިސްއަށް ވެސް އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ