މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަހާއި ގުޅިގެން ސަރުކާރުން ކަނޑައަޅާފައިވާ ގޮތަށް މިނިމަމް ވޭޖު ކަނޑަނޭޅޭނެ ކަމަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އިގްތިސޯދީ ކޮމެޓީގައި މިއަދު ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ މިއީ މިނިމަމް ވޭޖެއް ކަނޑައެޅުމަށް އެންމެ ރަނގަޅު ވަގުތު ކަމަށް ދެކިވަޑައިނުގަންނަވާނެ ކަމަށެވެ. ގާސިމް ވަނީ މިއީ މިނިމަމް ވޭޖު ކަޑައެޅުމަށް އެންމެ ރަނގަޅު ވަގުތު ނޫންކަން ތަކުރާރުކޮށް ފާހަގަކޮށް މިވަގުތު ކުރެވިދާނެ އެއަށްވުރެ މުހިންމު ކަންކަން އެބަހުރި ކަމަށް ވިދާޅުވެފައެވެ.
އެންމެ ކުޑަ އުޖޫރައެއް ދޭން ނިންމާފައިވާ ހަ ދާއިރާ އަކީ ފަތުރުވެރިކަމުގެ ސިނާއަތާއި، އިމާރާތްކުރުމުގެ ދާއިރާ އާއި، މަސްވެރިކަމާއި، ދަނޑުވެރިކަން އަދި ތައުލީމީ ދާއިރާގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.
މިނިމަމް ވޭޖު ކަނޑައެޅިޔަސް މިވަގުތަކު ނުދެވޭނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ