އިތުރު 5 މީހަކު ރާއްޖެއިން ކޮވިޑު-19 އަށް ޕޮޒިޓިވް ވެއްޖެ

އިތުރު 5 މީހަކު ރާއްޖެއިން ކޮވިޑު-19 އަށް ޕޮޒިޓިވް ވެއްޖެކަމަށް އެޗްޕީއޭ އިން ހާމަކޮށްފިއެވެ.މިގޮތުން އެޗްޕީއޭ އިން ހާމަކުރި ގޮތުގައި މިރޭ 21:00 އާއި ހަމައަށް އިތުރު 5 މީހުން ވަނީ ކޮވިޑު-19 އަށް ޕޮޒިޓިވް ވެފައެވެ. އެއީ 4 ދިވެހިންނާއި އެއް ސްރީލަންކާގެ ރައްޔިތެކެވެ. މިއާއި އެކު މިއަދު ކޮވިޑު-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިވަނީ 28 އަށް އަރާފައެވެ. އަދި މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 519 އަށް އަރާފައެވެ.ދިވެހިރާއްޖޭގައި މި ބަލި ގިނައިން ޖެހިފައިވަނީ ބިދޭސީ މަސައްކަތްތެރިންނަށެވެ. މާލޭގައި ކޮވިޑު-19 ފެތުރެމުންދާތީ މާލެ ވަނީ ލޮކްޑައުން ކުރެވިފައެވެ. އަދި މުޅި ޤައުމުގައި ވަނީ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކުރެވިފައެވެ.މިހާތަނަށް ރާއްޖޭގައި ކޮވިޑު-19 ޖެހިގެން އެކަކު ނިޔާވެފައިވާއިރު ބައެއް ފަރާތްތަކަށް އަންނަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ